ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހިރިޔާ ސްކޫލްގެ ދަރިވަރުން
ސްކޫލަށް ދާން ޑިޒައިން މާސްކެއް ނޭޅޭނެ
ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ޖުލައިމަހުގެ އެއް ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ހުޅުވާލާއިރު ދަރިވަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ބޭނުންކުރަންޖެހޭނީ އެއްވެސް ފަރުމާއެއް ނެތް ޕްލެއިން ފޮތިން ފަހާފައިހުރި މާސްކް ކަމުގައި އެޑިކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
Advertisement

ރާއްޖޭގެ ކޮވިޑް-19ގެ މިހާރުގެ ހާލަތަށްބަލައި، ސްކޫލްތައް އަލުން ހުޅުވާލުމަށް ތައްޔާރުވަމުން އަންނަައިރު، މިނިސްޓްރީގެ ފަރާތުން ސްކޫލްތަކަށް ވަނީ އަމަލުކުރަންވީގޮތުގެ ގައިޑްލައިނެއް ފޮނުވާފައެވެ. މިގޮތުން މާސްކުގައި ސްކޫލުގެ ލޯގޯ ޖެހުމާއި އެނޫންވެސް ޒީނަތްތެރިކުރުމުގެ ގޮތުން އިތުރު ކުރެހުމެއް ނުވަތަ ފަރުމާއެއް ހުރެގެންނުވާނެ ކަމުގައި ގައިޑްލައިންގައި ފާހަގަކޮށްފައިވެއެވެ.

ސްކޫލްތައް އަލުން ހުޅުވާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތައް ފާހަގަކޮށް ސްކޫލްތަކަށް ފޮނުވާފައި ވާ ގައިޑްލައިންގައި ބުނާގޮތުން، ތިމާއާއި އަނެކާގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ދަރިވަރުންނާއި އަދި ބެލެނިވެރިންގެ އިތުރުން ޓީޗަރުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާސްކް އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށެވެ. އަދި ސްކޫލްތަކަށް ވަދެނިކުމެ އުޅޭ ހުރިހާ ފަރާތްތަކުންވެސް މާސްކު އެޅުމަށް ބުނެފައިވެއެވެ.

މާސްކުގެ ގޮތުގައި ސާޖިކަލް ނުވަތަ ފޮތި މާސްކުވެސް ބޭނުންކުރެެވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި ފޮތި މާސްކް ބޭނުންކުރާނަމަ ސަމާލުކަންދޭންޖެހޭ މުހިއްމު ކަންކަންވެސް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހޭނެ ކަމަށާއި މާސްކުގެ ބޭރު ފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން ކަމުގައި ބުނެފައިވެއެވެ. އަދި މާސްކް އަޅާފައި ހުންނަންވާނީ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާހެން ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން  ބޭނުންކުރާ މާސްކަކީ ބާރު ނުވަތަ ދޫވެގެން އަބަދު އަތްލާ ރަނގަޅުކުރަންޖެހޭ ފަދަ މާސްކަކަށްވެގެން ނުވާނެކަމަށާއި، މާސްކް ފަހާފައި ހުންނަންވާނީ ތިން ފަށަލަ ހުންނަ ގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް