ads
މައްކާގެ މިސްކިތްތައް ހުޅުވާލައިފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އާންމުންނަށް މައްކާގެ މިސްކިތްތައް ބަންދު ކުރުމަށްފަހު، އަލުން މިސްކިތްތައް ހުޅުވާލައިފި އެވެ.

މިއަދު ފަތިސް ނަމާދުން ފެށިގެން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިދީ، މައްކާގެ މިސްކިތްތައް އަލުން ހުޅުވުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

އާންމުންނަށް މިސްކިތްތައް ހުޅުވާލި ނަމަވެސް، މައްކާގައި ހުންނަ މަސްޖިދުލް ހަރަމް ހުޅުވާލާފައެއް ނުވެ އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ވެސް އެ ގައުމުގެ ސަރުކާރުން އަދި ނުނިންމަ އެވެ.

ސައުދީ ސަރުކާރުން އަންނަނީ މިދަނޑިވަޅުގައި އުމްރާ ކުރުމާއި ހައްޖުގެ އަޅުކަމަށް މީހުން ގެންދާއިރު ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން ދިރާސާތަކެއް ކުރަމުންނެވެ.

ސައުދީ އެހެން ސަރަހައްދުތަކެކެކޭ އެއްގޮތަށް މައްކާގައި ވެސް މިސްކިތްތައް ހުޅުވާލާފައި ވީނަމަވެސް، އެ މިސްކިތްތައް ހުޅުވާލާފައި ވަނީ ސަލާމަތީ ފިޔަވަޅުތަކަކާ އެކު ނަމާދު ކުރުމާއި މިސްކިތަކަށް ވަދެ ނުކުތުމާއި ގުޅޭ އުސޫލެއް އެކުލަވާލުމަށް ފަހު އެވެ.

މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތްތަކުގެ ތެރޭގައި ހިމެނޭ، މަސްޖިދުލް ނަބަވީ އަނެއްކާ ހުޅުވުމުގެ ހުއްދަ ސައުދީ ސަރުކާރުން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދީފައިވާއިރު އެ މިސްކިތުގައި މިހާރު ދަނީ ޖަމާއަތުގައި ނަމާދު ކުރަމުން ނެވެ. އެހެންނަމަވެސް މަސްޖިދުލް ހަރަމުގައި އަދިވެސް އާއްމުކޮށް ނަމާދުކުރުމަށް ހުޅުވާލާފައެއް ނުވެއެވެ. މަސްޖިދުލް ހަރަމުގައި ނަމާދުކުރުމުގެ ފުރުސަތު ދީފައި ވަނީ ހަމައެކަނި މިސްކިތް ބަލަހައްޓާ މީހުންނަށާއި އެތަނުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. 

އޭގެ އިތުރުން، މައްކާ ފިޔަވާ އެހެން ހިސާބު ތަކުގައި ކާފިއު އަށް ލުއި ތަކެއްދީ މިސްކިއްތައް ހުޅުވާލާ، ނަމާދު ކުރުމާއި، ހުކުރު ނަމާދު ކުރުމުގެ ހުއްދަ އެ ގައުމުގެ އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ދީފަ އެވެ.

މައްކާގެ މިސްކިތްތައް ހުޅުވާލުމަށް ސައުދީ ސަރުކާރުން ނިންމާފައި ވާއިރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގައި އިއުލާންކޮށްފައިވާ ކާފިއުވެސް މިއަދުން ފެށިގެން އުވާލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމަވާފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް