ads
ސްޓެލްކޯ މައި އޮފީސް--- ފޮޓޯ: ސީއެންއެމް
ހުޅުމާލޭގެ ސަރަހައްދަކުން މިއަދު މެންދުރު ކަރަންޓް ދާނެ: ސްޓެލްކޯ
ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ހުންނަ ސަރަހައްދުން މިއަދު މެންދުރު ކަރަންޓް ކެނޑިގެން ދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރު 13:00 އިން 16:30 އަށް ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ނިމުނުހާ އަވަހަކަށް ކަރަންޓްގެ ހިދުމަތް އަލުން ދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

"މިކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރު 13:00 އިން 16:30 އަށް ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. އަދި ކަރަންޓު ކެނޑިއްޖެނަމަ އެ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދެވިގެންދާނެ." ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯގެ މީޑިޔާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ސިސްޓަމް އަށް ގެންނަ ކުޑަ އަޕްގްރޭޑަކާއި ގުޅިގެން ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ ހުންނަ ސަރަހައްދުން މިއަދު މެންދުރު ކަރަންޓް ކެނޑިގެން ހިނގައި ދާނެކަމަށެވެ. އަދި މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދޭން ފަށާނެ ކަމަށާއި، ކަރަންޓް ކަނޑާނުލާ މަސައްކަތް ކުރިޔަށް ގެންދެވޭ ކަމުގައި ވާނަމަ އެގޮތަށް މަސައްކަތް ކުރިއަށް ގެންދާނޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް