
ދިވެހި ދަރިން އެހެން ގައުމުތަކަށް މަތީ ތައުލީމު ހާސިލް ކުރުމަށްދާ ސަބަބުތަކާއި އެކަން މަދު ކުރުމަށް އަހަރެމެންނަށް ކުރެވެން ހުރި ކަންތައްތައް ބަޔާންކޮށްދިނުމެވެ. އަދި މިޔާއި އެކު އެކުދިން ކިޔަވައި ނިމިގެން އެނބުރި ރާއްޖެ އަންނައިރު އެކުދިންގެ ކިބައިން ފެންނަ ނޭދެވޭ ސިފަތައްވެސް މިރިޕޯޓުގައި ފާހަގަކޮށްލެވިފައި ވާނެއެވެ.
ރާއްޖޭން ބޭރަށް ދާ ސަބަބުތައް
ކުދިންގެ ވިސްނުން
ދިވެހިންނަކީ ދިވެހިންގެ ގޮތުގާ ތާއަބަދުވާ ބަޔަކުކަމަށް އަހަރުނެން ދިވެހިން ވަކާލާތު ކުރާއިރު، މިކަން ދިވެހިން ތައުލީމު އުނގެނުމަށް ކުރާ ރާސްތާއިން ވަރަށް ސާފުކޮށް ފެނިގެންދެއެވެ. އަމިއްލަ ވަތަންގައި ކިތަންމެ ރަނގަޅު ތައުލީމީ މަރްކަޒުތަކެއް ގާއިމްކުރިކަމުގައި ވީނަމަވެސް ބަޔެއް ދިވެހީންނަކަށް އެތަންތަނެއް ނުފެންނާނެއެވެ. އެމީހުންގެ ލޯތައް އަމާޒުވެފައިވާނީ ބޭރު ގައުމުތަކަށާއި އެތަންތަނުގައި ހުންނަ ޔުނިވަސިޓީ ތަކަށެވެ. މިކަމުގެ ސާފު ހެއްކަކަށް ދަރުމަވަންތަ ހޮސްޕިޓަލް ފުދެއެވެ. 25 ބުރިއަށް ނަގާފައިވާ މިއިމާރާތުގެ އެންމެ މަތީ 10 ފަންގިފިލާ ހާއްސަކުރެވިފާވަނީ ދިވެހި ރާއްޖޭގެ މުސްތަގްބަލަށެވެ.
އެއީ ފަހަކަށް އައިސް ބޭސްވެރިކަމާއި ޑޮކްޓަރީކަން ކިޔަވަން ގިނަ ކުދިންތަކެއް ޝައުގުވެރިކަން ފާޅުކުރަމުން ގެންދާތީ އެކަންތައް ފަހިކޮށްދިނުމުގެ ގޮތުންނެވެ. ޑޮކްޓަރީކަން ކިޔަވަން ގިނަ ކުދިން ބޭރު ގައުމުތަކަށް ދާތީވެ އަމިއްލަ ގައުމުގައި ހުރެގެންވެސް ޑޮކްޓަރީކަން ކިޔެވޭނޭ މަގު ތަނަވަސް ކޮށްދިނުމަށެވެ. އެހެން ނަމެވެސް ހިތާމައަކީ ފެންވަރުގެ ޒަމާނީ ވަސީލަތްތައް ހުއްޓަކަސް ބޭރު ޑޮކްޓަރުންގެ ގައުމުތަކުން ނޫނީ ފެންވަރު ރަނގަޅު ތައުލީމެއް ނުލިބޭ ކަމަށް އެކުދިންނަށް ވިސްނިފައި ވާތީއެވެ. މިކަން ދިމާވަން މެދުވެރިވާ އެއް ސަބަބަކީ މައިންބަފައިން ކުދިންގެ ޅައުމުރުން ފެށިގެން ހާވާޑް، އެމް.އައި.ޓީ ފަދަ ތަންތަނުގެ ފޮނި ހުވަފެންތައް ދައްކަމުން ގެންދާތީއެވެ. މަދު ބެލެނިވެރިޔަކު ނޫނީ ރާއްޖޭގެ ކޮލެޖްތަކުގައި މަތީ ތައުލީމު ހާސިލްކުރާކަށް ކުދިންނަކަށް ބާރެއް ނާޅައެވެ. އެއީ އަޅުގަނޑުމެންގެ މިހާރުގެ އެޑިކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވާ ފަދައިން "ދިވެހިންގެ ހިތްތައް ވަނީ ފަރަންޖީގެ ގައުމުކުގައި" ކަމުގައި ވާތީއެވެ.
ފެންވަރު ރަނގަޅު ތައުލީމު ހޯދުމަށް
ރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކިޔަވާދޭން އަންނަ ޓީޗަރުން ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމުގެ ނިޔަތުގައި ތަމްރީން ދިނުމުގެ އެކި އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ. އެހެން ނަމަވެސް ބައެއް ޓީޗަރުން ވަރަށް ފަރުވާ ކުޑަ ކަމަށް ވެ އެވެ. ކްލާސްހަށް ގަޑި ޖެހިގެން ގިނަ ޓީޗަރުން ހާޒިރުވާއިރު އަނެއް ބައި ޓީޗަރުން ކުދިން ކްލާހަށް އަންނަ ފަހުން ގަޑި ކެންސަލް ކުރާ ކަމަށް ބުނެ ދާދި ފަހުން އެމް.އެން.ޔޫގެ ދަރިވަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެޑިއުކޭޝަނުން ހެދި ސާވޭއަކުން ދައްކާގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި ބޭރަށް ގޮސްފައިވާ ކުދިންގެ ނިސްބަތުން ގާތްގަނޑަކަށް 20 އިންސައްތަ ކުދިން ކިޔަވަން ބޭރު ގައުމުތަކަށް ބަދަލުވެފައި ވަނީ ޓީޗަރުންގެ ކަންކަން ހުންނަ ގޮތުން ކަމަށް ވެ އެވެ، އެޑިއުކޭޝަން އިން ކުރިޔަށް ގެންދިޔަ މި ސާވޭގައި 4852 ކުދިން ބައިވެރިވެފައިވާ ވާކަމަށް ފާހަގަކޮށްފައި ވާއިރު މި ސާވޭގައި ބައިވެރިވި ކުދިންގެ 45 އިންސައްތަ ކުދިން ބުނެފައި ވަނީ ބޭރު ގައުމުތަކަށް ކިޔަވަން ދަނީ އެތަންތަނުގައި ކިޔަވާ ދޭ ފެންވަރު ރަނގަޅު ވުމުން ކަމަށެވެ. ބާކީ 35 އިންސައްތަ ކުދިން ބުނެފައި ވަނީ ބޭރުގައުމަކަށް ކިޔަވަން ބަދަލުވަނީ ވރާއްޖޭގައި ކިޔަވަން އެންމެ އެކަށޭނޭ މާހައުލެއް ނެތީމާ ކަމުގައެވެ.
ބޭރުގައި އަގުހެޔޮވުން
މަތީ ސަނަދެއް ހާސިލް ކުރުމަށް ކޮންމެ ދަރިވަރެއްވެސް ވަރަށް ބޮޑު ހަރަދެއް ކުރާނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެގޮތުން އެކި ކޮލެޖްތަކުގައި ކޯހުގެ އަގު ވަރަށް ބޮޑު ތަނުން ތަފާތު ވެގެންދާ ފަހަރުތަށްވެސް ދިމާވެއެވެ. މިގޮތުން ހަޔާރ އެޑިއުކޭޝަންއިން ޝާއިރުކޮށްފައިވާ ދިރާސާއެއްގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ކޯސްފީއަށް 2000 ރުފިޔާ މަހެއްގެމައްޗަށް ދައްކަން ޖެހެއެވެ. މީގެ އިތުރުން ރަށަކުން އަންނަ ކުއްޖަކު މާލޭގައި ގެދޮރު ނުހުންނަ ނަމަ ގޭ ކުލީގެ ގޮތުގައި އާންމުކޮށް 3000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި އަސާސީ ބޭނުންތައް ފުއްދުމުގެ ގޮތުން އިތުރު ހަރަދުތައްވެސް ކުރަން ޖެހެއެވެ.
ދިރާސާއިން ދައްކާ ގޮތުގައި މަހެއްގެ މައްޗަށް ކުއްޖެއްގެ އަތުން 5000 ރުފިޔާއަށް ވުރެ ގިނައިން ހަރަދުވެގެން ދެއެވެ. ވުމާއި އެކު ބައެއް ކުދިން ރާއްޖެއިން ބޭރަށް ކިޔަވަން ދާ އެއް ސަބަބެއްގެ ގޮތުގައި މި ސަބަބު ބެލި ދާނެއެވެ. އެއީ ރަށެއްގެ ކުއްޖަކު މާލެ އައިސް ކިޔެވުމަށް ވުރެ އެހެން ގައުމުތަކުގައި ހުރެގެން ކިޔެވުން މާ ހަރަދު ކުޑަކަމުގައި ވާތީއެވެ.
ރާއްޖެ އަކީ ކިޔަވުމަށް އެންމެ އެކަށޭނޭ ތަން ކަމުގައި ނުވުން
ބޭރަށް ކިޔަވަންދާ ގިނަ ކުދިން ބުނަމުން އަންނަނީ ރާއްޖެއަކީ ތައުލީމު އުނގެނުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށެވެ. މިވާހަކަ މީޑިޔާތެރޭގައި ވެސް ވަނި ވަރަށް ފުޅާ ދާއިރާއެއްގައި ދެކެވިފައެވެ. އެގޮތުން ބައެއް ކުދިން ބުނަމުން އަންނަނީ ސިޔާސީ ގޮތުން އަބަދު ތަޅާ ފޮޅާ ގައުމެއްގައި ކިޔެވުމަކީ ވަރަށް ދަތި ކަމެއް ކަމަށެވެ. އެއީ ގައުމުގެ ވެރިކަން ބަދަލުވާ ފަދައިން ތައުލީމީ ދާއިރާގެ އެކި ކަންކަންވެސް ބަދަލުވެގެން ދާތީއެވެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތައުލީމު ދެވޭ މަރުކަޒުތަކުގައި ތިބޭ އިސްވެރިންނާއި ޓީޗަރުން ބަދަލު ކުރަމުން ގެންދާތީއެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެގެން ދެއެވެ. މިއީވެސް އެހެން ގައުމުތަކަށް ކުދިން ކިޔަވާން ދާން މެދުވެރިވާ ސަބަބެކެވެ.
ކުދިންގެ އަންނައިރު ނޭދެވޭ ބަދަލުތައް
އަމިއްލަ ގައުމު ދޫކޮށް ބޭރުގައުމުތަކަށް ކުދިން ކިޔަވަން ގޮސް އެނބުރި ރާއްޖެ އަންނައިރު އެކުދިންގެ ފަރާތުން ވަރަށް ގިނަ ނޭދެވޭ ސިފަތައް ފެންނިގެންދެއެވެ. އެގޮތުން ފެނިގެންދާ ބައެއް ނޭދެވޭ ސިފަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އެދަރިވަރެއް އިސްލާމްދީނާއިމެދު ފަރުވާ ކުޑަ ކަމެވެ. އީމާންކަން ބަލިކަށިވެގެން ދިޔުމެވެ. މިކަމުގެ ސަބަބުން ދީނީކަންކަމަށް ފަރުވާ ތެރިނުވާކަމަށް ބުނެ އެވެ. އަދި ބައެއް ދަރިވަރުން އެނބުރު ރާއްޖެ އަންނައިރު ދީނީ ކަންކަން ގަބޫލުކުރުން ތަކާއި މެދު ޝައްކު އުފައްދާފައިވާ ފަހަރުތަކާއި މުރުތައްދުވާ ފަހަރުތައްވެސް ދިމާވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.
މި ކުއްލި ދިރާސާއިން އިނގުނު ގޮތުގައި ފާއިތުވި 5 އަހަރު ކުދިން ކިޔަވަން ބޭރަށްދާ އިންސައްތަ ވަނީ އިތުރުވެފައެވެ. ރާއްޖޭގައި މަތީ ތައުލީމު އުނގެނުމުގެ ދޮރުތައް ފުޅާކޮށްފައި ވާއިރު އެހެން ގައުމުތަކަށް ކިޔަވަން ދިޔުމަކީ ގައުމުގެ އިގްތިސާދަށާއި ކުރިއެރުމަށް ހުރަސް އެޅިގެން ދާކަމެކެވެ. އެގޮތުން މިކަން ހައްލު ކޮށް ބޭރު ގައުމުތަކަށް ދާ ކުދިންގެ އަދަދު މަދު ކުރުމަށްޓަކައި ބައެއް ކަންތައްތައް އިސްލާހު ކުރަން އެބަ ޖެހެއެވެ.
ކިޔަަވައިދޭ ޓީޗަރުން ހަރުދަނާކޮށް، ފަރުވާތެރިކަމާއި އެކު ގަޑިއަށް ކްލާސް ނަގާއިދޭން ހާޒިރުވޭތޯ ބަލަން އެބަޖެހެއެވެ. މިކަން ނުކުރެވޭނަމަ އިސްލާހު ކުރުމުގެ ގޮތުން ޓީޗަރުންނާއި މެދު އެމަރުކަޒަކުން ފިޔަވަޅު އެޅިދާނެއެވެ. ދެވަނަ ކަމަކަށް ރާއްޖޭ ކޮލެޖްތަކުގައި ކިޔަވަން ބާރު އެޅުމަށް ޕޮލެސީ ލެވެލްގައި ގާނޫނުތައް ތަންފީޒު ކުރެވިދާނެއެވެ. މީގެ އިތުރުން ކުދިންގެ ވިސްނުން ބަދަލުކުރުމަށްޓަކައި މައިންބަފައިންގެ ޒިންމާތައްވެސް ވަރަށް ބޮޑެވެ. ބޭރުގެ ޔުނިވާރސިޓީތަކުގެ ފޮނި ހުވަފެންތައް ކުދިންނަށް ދެއްކުމުގެ ބަދަލުގައި ރާއްޖޭގެ ކޮލެޖްތަކުގައި ތައުލީމު އުނގަންނާއި ދިނުމަށް ބާރުއެޅިދާނެއެވެ. ރާއްޖެއިން ބޭރަށް ދިއުމުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުންތައްވެސް ކުދިންނަށް ކިޔާދެވިދާނެއެވެ. މިކަންތައްތައް ކުރެވިއްޖެ ނަމަ މުސްތަގްބަލްގައި ރާއްޖެއިން ބޭރަށް ތައުލީމު ހާސިލް ކުރުމަށް ދާ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުވެގެން ދާނެއެވެ.
މިހުރިހާކަމެއްގެ އިތުރުން ގައުމުގައި ސިޔަސީ ހަމަޖެހުން ނެތުމުން ދިމާވާ މައްސަލަތައް ވަރަށް ގިނަ އެވެ. ނަތީޖާއަކަށް ވަނީ ގައުމުގެ ތައުލީމީ ދާއިރާއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަންނަމުންދިއުމެވެ. މި ނުފޫޒުފޯރުވުން ހުއްޓުވަން ޖެހެނީ ތަނގަޅު ތައުލީމެއް ދިނުމަށެވެ، ސިޔާސީ މީހުން މޮޑޭ ފުއްގަނޑަކަށް ތައުލީމީ ނިޒާމް ނުހަދަމާ ހިނގާށެވެ.