ads
އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް
ނޫސްވެރިޔަކު ކުރި ސުވާލަކުން މަހޭޝް ރަތަށް، އާލިއާ ބިރުން ހަލާކު!
އާލިއާ ބަޓްގެ ދައްތަ، ޝާހީން ބަޓް ނަފްސާނީ ބައްޔާއި ޑިޕްރެޝަނާ ގުޅޭގޮތުން މިވަނީ ފޮތެއް ނެރެފަ އެވެ. މި ފޮތް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާލިއާ އާއި އޭނާގެ ބައްޕަ، މަހޭޝް ބަޓްގެ އިތުރުން އޭނާގެ އަންހެނުން ސޯނީ ރަޒްދާން ބައިވެރިވި އެވެ.
އާލިއާ ބަޓްގެ ދައްތަ، ޝާހީން ބަޓް ނަފްސާނީ ބައްޔާއި ޑިޕްރެޝަނާ ގުޅޭގޮތުން މިވަނީ ފޮތެއް ނެރެފަ އެވެ. މި ފޮތް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާލިއާ އާއި އޭނާގެ ބައްޕަ، މަހޭޝް ބަޓްގެ އިތުރުން އޭނާގެ އަންހެނުން ސޯނީ ރަޒްދާން ބައިވެރިވި އެވެ.

އެ ފޮތް ލޯންޗު ކުރުމުގެ ތެރެއިން ނޫސްވެރިންނަށް ސުވާލުތަކަށް ވެސް ހުޅުވާލިއެވެ. އެއާއެކު ކުރި ސުވާލަކަށް ޝާހީން އެއްޗެކޭ ބުނެފައި ނުވާތީ އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވަތީ ނޫސްވެރިޔާ ސުވާލުކުރުމާއެކު މަހޭޝް ވަނީ އެ ސުވާލަށް ޖަވާބެއް ނެތް ކަމަށް ބުނެ ހަޅޭލަވައިގެންފަ އެވެ.

ވަރަށް ނުރުހުންވެފައި ހުރެ ނޫސްވެރިޔާއަށް މަހޭޝް ވާހަކަ ދައްކަމުންދިޔައިރު އޭނާގެ ދަރިފުޅު، ޝާހީން ވަނީ ބައްޕަ މައިތިރިކުރަން ވެސް މަސައްކަތްކޮށްފަ އެވެ. އެ ވީޑިއޯތައް މިހާރު އާންމުވެފައިވާއިރު އާލިއާ ވަރަށް ބިރުން އިން މަންޒަރު ވެސް ފެނެ އެވެ. އެގޮތުން "ބައްޕާ" އޭ ކިޔާ ގޮވާލާ އަޑުވެސް އިވޭއިރު އެކަމާއި ގުޅިގެން ވަރަށް ނުރުހިފައި އިން މަންޒަރު ވެސް އާންމުވި ވީޑިއޯއިން ފެނެ އެވެ.

އުމުރުން 31 އަހަރުގެ ޝާހީން ވަނީ ނަފްސާނީ ބައްޔާ ކުރިމަތިލާފަ އެވެ. އެގޮތުން ޑިޕްރެޝަނާ ކުރިމަތިވެ މީހަކާ ވާހަކަ ދައްކާލަން ބޭނުން ނުވާ ހާލަތު ވަރަށް ގިނަ ފަހަރު ކުރިމަތިވި ކަމަށާއި އަނެއް ބައި ފަހަރު މީހަކު އައިސް ކިހިނެއްތޯ އެހުމުން އެމީހާއަށް ޖަވާބުދޭން ބޭނުން ނުވެ ރުޅި އަންނަ ހާލަތްތައް ކުރިމަރިވި ކަމަށް ޝާހީން ބުންޏެވެ. އެގޮތުން އޭނާ މިފަހަރު ނެރެފައި މިވާ ފޮތް، "އައި ހޭވް ނެވާ ބީން (އަން) ހެޕިއާ" މި ފޮތުގައި އޭނާ ޑިޕްރެޝަނާ ކުރި ހަނގުރަމާ ވަނީ ކިޔައިދީފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް