ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފޮޓޯ: ފޮރިން މިނިސްޓްރީ
ބޭރުގައި ތިބި ދިވެހިންނަށް 7.3 މިލިއަން ރުފިޔާ ހަރަދުކޮށްފި
ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ފޮރިން މިނިސްޓްރީ އިން 7.3 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
Advertisement

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، މިއުވާން މުހައްމަދު ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފޮރިން މިނިސްޓްރީ އިން ހަރަދުކުރި ފައިސާގެ ބޮޑު ބައެއް ހަރަދަކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ މީހުންނާއި ޑޮކްޓަރުން އަދި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމަށް ކަމަށެވެ. 

އެގޮތުން އެ މީހުން ރާއްޖެ ގެނައުމަށް ދަތުރުތަކުގެ ހަރަދާއި ޓިކެޓަށް 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް މިއުމާން ވިދާޅުވެ އެވެ. 

މިއުވާން އިތުރަށް ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ތިިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީ އިން 2.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާނެ ކަމަށެވެ. 

އެ މިނިސްޓްރީ އިން ވަނީ ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށް ކެއާޕެކޭޖުތައް ވެސް މިނިސްޓްރީގެ ހަރަދުގައި ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ބައެއް ބޭސް ގެނައުމުގެ މަސައްކަތް ވެސް ފޮރިން މިނިސްޓްރީ އިން ކޮށްފައިވާ ކަމަަށް މިއުވާން ވިދާޅުވި އެވެ. 

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިވުމަށް އެ މިނިސްޓްރީ ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ޒަކާތު ފަންޑުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އެހީތަކަކީ ފައިސާގެ ކަންކަމަށްވާތީ އެ ހަރަދުތައް ކުރާ ގޮތް އޮޑިޓްކުރެވި ބެލެހެއްޓެމުންދާކަމަށް މިިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

މިނިސްޓަރު ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ހާލުގައި ޖެހުނަ ނުދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ބޭރުގައި ތިބި ދިވެހިންގެނައުމަށް ރާއްޖެއިން އިސްނަގައި ކުރި މަސައްކަތްތަކާއި މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދުވަސްވަރަކީ ދަތި ދުވަސްވަރަކަށް ވުމުން އެހީތެރިކަމަށް އެދޭ ބައެއް ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް