ads
ބަލިމީހުން ގިނަވެ އިންޑިއާގައި ފަރުވާދިނުމަށް ކާޑްބޯޑް އެނދު!
އިންޑިއާ އިން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކާޑްބޯޑުން އެނދު ހަދަން ފަށައިފި އެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 500،000 އަށް ވުރެ މައްޗަށް އަރާފަ އެވެ. 

މިއާއެކު އެގައުމުން ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެހާ ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދިނުމަށް ބޭނުންވާ އެނދާއި ޖާގައިގެ ދަތިކަމާވެސް އެގައުމުން އަންނަނީ ކުރިމަތިލަމުންނެވެ. 

މީގެ ކުރިން އެ ގައުމުގެ ރޭލުތަކުގައި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތައް ގާއިމްކޮށް ތަރައްގީ ކޮށްފައިވާއިރު، މިހާރު އެގައުމުން އަންނަނީ ބަލިޖެހޭ މީހުން ބައިތިއްބަން ހަދާ ފެސިލިޓީ ތަކުގައި ކާޑްބޯޑް އެނދު ބަހައްޓަމުންނެވެ. 

your image

ކާޑްބޯޑް އެނދުތަކުގެ ޑިޒައިން ކުރި ވިކްރަމް ދާވަން ވަނީ މި އެނދުތަކަށް 300 ކިލޯގްރާމް ހިފޭއްޓޭނެ ކަމަށް ބުނެފަ އެވެ. އަދި އެނދުތައް ވޯޓާ ޕްރޫފް ކުރުމުގެ ގޮތުން އެނދުތަކަށް ކެމިކަލް ޖަހާފައި ވާނެ ކަމަށް ވެސް ވިކްރަމް ބުނެއެވެ. 

އޭނާ އިތުރަށް ބުނީ މި އެނދަކީ ލުއި އެނދަކަށް ވުމުން، ފަސޭހައިން އެނދު އުފުލާ އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ކަމަށެވެ. އަދި މިއީ ފަސޭހައިން ރާވާލެވޭނެ އެނދެއް ކަމަށް ވެސް އޭނާ ބުނެ އެވެ. 

your image

ވިކްރަމް ވަނީ ލަކުޑިން ނުވަތަ ދަނގަޑުން ހަދާފައި ހުންނަ އެނދުތަކުގައި ގާތްގަޑަކަށް ތިން ދުވަށް ވަންދެން ކޮރޯނާ ވައިރަސް ހަރުލާފާ ހުންނަ އިރު ކާޑްބޯޑް ގައި ކޮރޯނާ ވައިރަސް ހުންނީ 24 ގަޑިއިރު ކަން ވެސް ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން މި އެނދުތަކަކީ ފަސޭހައިން ޑިސްޕޯސްކޮށް ބަދަލު ކުރެވޭނެ އަދި އަގުވެސް ހެޔޮ އެނދުތަކެ ކެވެ.

އިންޑިއާ އިން ދަނީ ދިއްލީ ގައި 10،000 ކާޑްބޯޑް އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މުމްބާއީ ގައި ވެސް މީގެ އެނދު އަންނަނީ ބޭނުން ކުރަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް