ads
ފޮޓޯ: އެމްޓީސީސީ
ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 58 އިންސައްތަ ނިމިއްޖެ
ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތުގެ 58 އިންސައްތަ މިހާރު ނިމިފައި ވާކަމަށާއި 180 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިވަގުތު މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދު އެއްވަރު ކުރުމާއި ރިވެޓްމެންޓް މަސައްކަތައް ޖިއޯ ބޭގްސް ފުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން މި މަސައްކަތުގެ ތެރޭގައި 1،400 ކިއުބިކް މީޓަރުގެ ވެލި ފިލްޓަރު ކޮށް، ޖިއޯ ބޭގްސްތަކަށް ވެލި ފުރުމުގެ އިތުން 5،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ވެލި އެއްވަރު ކުރުން ހިމެނެއެވެ.

ހަމަމިއާއެކު އެމްޓީސީސީ އިން ބުނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގްތައް އަތުރާނެ ކަމަށެވެ. މި ޕްރޮޖެކްޓަކީ ރަށް ގިރުން ފަދަ ކަންކަމުން ސަލާމަތްކޮށް، ނ. ފޮއްދޫ އަކީ ދިރިއުޅުމަށް ރަނގަޅު ތަނެއް ކަމުގައި ހެދުމަށް އެހީތެރިވެދޭނެ ޕްރޮޖެކްޓެކެވެ.

ނ. ފޮއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މިމަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ މި އަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި މަސައްކަތް ފަށާފައި ވަނީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.

މި ޕްރޮގެކްޓަށް 7.6 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް