ads
"ފިޔާ ބޮކޭ" ހަދިޔާ ކުރަނީ--
ފިޔާ އަގުބޮޑުވުމުން ކައިވެނި ހަދިޔާއަކަށް "ފިޔާ ބޮކޭ"!
އިންޑިއާގައި ފިޔަލުގެ އަގު އާދަޔާ ހިލާފަށް އުފުލެމުންދާ މި ދަނޑިވަޅުގައި ކައިވެނި ހަފްލާއެއްގައި ހަދިޔާއަކަށް ފިޔަލުން ހަދާފައިވާ "ބޮކޭ" އެއް ހަދިޔާކޮށްފި އެވެ.
އިންޑިއާގައި ފިޔަލުގެ އަގު އާދަޔާ ހިލާފަށް އުފުލެމުންދާ މި ދަނޑިވަޅުގައި ކައިވެނި ހަފްލާއެއްގައި ހަދިޔާއަކަށް ފިޔަލުން ހަދާފައިވާ "ބޮކޭ" އެއް ހަދިޔާކޮށްފި އެވެ.

އެ "ފިޔާ ބޮކޭ" ލިބިފައި ވަނީ ޓެމިލް ނާޑޫ ސްޓޭޓުގައި ކައިވެނި ކުރި ބަޔަކަށެވެ. ހިންދުސްތާން ޓައިމްސް ނޫހުގައިވާ ގޮތުން އެ ހަދިޔާ ދީފައި ވަނީ ކައިވެނި ކުރި ދެ މީހުން ރައްޓެހި ބަޔެކެވެ.

ޓަމިލް ނާޑޫ ސްޓޭޓުގައި ފިޔަލުގެ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ. އެގޮތުން އެ ސްޓޭޓުގައި ފިޔާ ކިލޯއެއް އެންމެ އަގުހެޔޮކޮށް ވެސް ލިބެނީ 150 އާއި 160 ރުޕީޒް އަށެވެ.

އެހެން ސްޓޭޓުތަކުގައި އެންމެ އަގުހެޔޮކޮށް ފިޔާ ކިލޯއެއް ލިބެނީ 200 ރުޕީޒް އަށެވެ. ކައިވެނި ހަފްލާގައި ހަދިޔާ ކުރި "ފިޔާ ބޮކޭ" އަކީ 2.5 ކިލޯގެ ފިޔަލުން ހަދާފައިވާ ބޮކޭ އެކެވެ.

އެ "ފިޔާ ބޮކޭ" ހަދިޔާ ކުރާ މަންޒަރު ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު، އެކަމަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފަ އެވެ.



ދާދި ފަހުން ޕާކިސްތާނުގައި ވެސް ވަނީ މިފަދަ ކަމެއް ކޮށްފަ އެވެ. ޕާކިސްތާނު އަންހެނަކު ކައިވެންޏަށް ގަހަނާގެ ގޮތުގައި ޓޮމާޓޯ ބޭނުން ކުރީ، އެގައުމުގައި ޓޮމާޓޯގެ އަގު އާދަޔާ ހިލާފަށް އުފުލުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް