ads
އަންކިތާ އާއި ސުޝާންތު--
އަންކިތާ ހުރީ ސުޝާންތަށްޓަކައި މުޅި ކެރިއަރު ދުއްވާލަން ތައްޔާރަށް
ބޮލީވުޑުގެ ތަރި ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު ސުޝާންތުގެ ދިރިއުޅުމުގެ އެކި ވާހަކަތައް އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ، ސަންދިޕް ސިންގް އަންނަނީ ހިއްސާކުރަމުންނެވެ.

ވަރަށް ފަހުން އިންޑިއާގެ ނޫހަކަށް ސަންދިޕް ދިން އިންޓަވިއުއެއްގައި ވަނީ ސުޝާންތާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކާންޑޭގެ ގުޅުމާ ގުޅިގެން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ދެމީހުން ވަކިވި ފަހުން ވެސް އަންކިތާ، ސުޝާންތުގެ ފިލްމުަތައް ހިޓުވޭތޯ ދުއާކުރާ ކަމަށް ބުންޏެވެ.

އަދި ސަންދިޕް ބުނީ އޭނާގެ 20 އަހަރުގެ ފިލްމީ ކެރިއަރުގައި އަންކިތާ ފަދަ އަންހެން ކުއްޖަކު ނުފެންނަ ކަމަށެވެ. އެގޮތުން ސުޝާންތަށް ވަރަށް އަޅާލައި ލޯބިދިން ކަމަށް ބުންޏެވެ.

ސަންދިޕް އޭގެ އިތުރުން ބުނީ އަންކިތާ ހުރީ އޭނާގެ ފިލްމީ ކެރިއަރު ވެސް، ސުޝާންތަށްޓަކައި ދޫކޮށްލަން ތައްޔާރަށް ކަމަށެވެ. އެގޮތުން ޓީވީ އިންޑަސްޓްރީގައި އަންކިތާއަކީ ވަރަށް ނަން ހިނގާ ތަރިއެއް ކަމަށާއި އޭރު ވެސް އޭނާއަށް ބޮލީވުޑުން ވެސް ފުރުސަތުތައް ލިބެމުން އައި ކަމަށް ބުންޏެވެ.

މިމަހުގެ 14 ވަނަ ދުވަހު ސުޝާންތު އަމިއްލައަށް މަރުވިއިރު އޭނާ އާއި އަންކިތާ ވަކިވީ، 2017 ވަނަ އަހަރުގެ ތެރޭގައި ނެރުނު ފިލްމު، "ރާބްތާ" ގައި ސުޝާންތާއެކުގައި މަަސައްކަތްކުރި ކްރިތީ ސަނޯންއާ ދެމެދު ލޯބީގެ އަޑުތަކެއް އެރުމުން ޖެހުނު މައްސަލައެއްގަ އެވެ. 

މަރުވިއިރު އޭނާ އުޅުނީ ބަތަލާ ރިއާ ޗަކްރަބޯޓީއާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު، އޭނާގެ އުޅުމާއި މެދު ސުޝާންތު އެހާ ހިތްހަމަނުޖެހޭ ކަމަށާއި ވަރަށް ބޮޑަށް އަންކިތާ މިސް ވެގެން އުޅުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

ސުޝާންތު މަރުވި ހަބަރާއެކު އަންކިތާ ވަނީ ސުޝާންތުގެ އާއިލާއާ ބައްދަލުކުރުމަށް އެ ގެއަށް ވެސް ޒިޔާރަތްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް