
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. ބެރުގޭ، މުހައްމަދު ނަވީން، 44، އެވެ.
ޗޮކްލެޓް ވަގަށް ނެގި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން ޗޮކްލެޓް ހިފައިގެން އޭނާ ދިޔައީ ފައިސާ ނުދައްކަން ނޫން ކަމަށާއި ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ނަވީން އަކީ އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެ ގޭގައި އުޅޭ ބަންގްލަދޭޝް މީހެއްގެ އަތުން ފޯނާއި 9،000ރ. ފޭރުނު މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެކެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އެފަދަ މައްސަލައެއްގައި އޭނަ ހައްޔަރުކޮށްފައިވާ އިރު، ސައިކަލެއް ވަގަށް ނެގި މައްސަލައެެއްގައި 2023 ގައި ވެސް ނަވީން ހައްޔަރުކުރި އެވެ.