
ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އެ ސަރަޙައްދުގެ ފަޅުވެސް ވަނީ އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލް ކުރަނީ
ބޮޑުތަކުރާނު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޝީޓް ފައިލް ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.
މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ހަދާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލް ކުރަނީ
މާލެއާ ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ތަރައްގީ ކުރުމަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.