ads
އެފްއޭކަޕްގެ ސެމީގައި ކުޅޭނީ ޔުނައިޓެޑާ ޗެލްސީ
އެފްއޭކަޕް ސެމީ ފައިނަލްގައި މެންޗެސްޓަ އާ ދެކޮޅަށް ޗެލްސީ
އިނގިރޭސި އެފްއޭކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ ޓީމަކަށް ޗެލްސީ ހަމަ ޖެހިއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑާ ޗެލްސީއާ ދެމެދު ކުޅެވޭ ސެމީ ފައިނަލް މެޗު އޮންނާނީ ޖުލައި މަހުއެވެ.

އެފްއޭ ކަޕުގެ ސެމީގައި މެންޗެސްޓަރ ޔުނައިޓެޑާ ޗެލްސީ ވާދަކުރަން ޖެހޭ އިރު ދެވަނަ ސެމީގައި ވާދަކުރާނީ އާސެނަލްއާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއެވެ. އާސެނަލް ސެމީ ފައިނަލަށް ދިޔައީ، އާދިއްތަ ދުވަހުގެ ރޭ ޝެފިލްޑް ޔުނައިޓެޑާ ވާދަކޮށް ދެ ލަނޑު އެއް ލަނޑުން މެޗު ކާމިޔާބުކޮށްގެވެ. ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޗެލްސީއަށް ފުރުސަތު ލިބުނީ ކުއާޓަރ ފައިނަލްގައި އެއް ލަނޑު ސުން ލަނޑުން ލެސްޓަރ ސިޓީ ބަލިކޮށްގެނެވެ.

އެފްއޭކަޕްގެ ސެމީ ފައިނަލްގެ ފަހު ޖާގަ މެންޗެސްޓަރ ސިޓީއިން ހޯދީ، ރޭ ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެނެވެ. މެންޗެސްޓަރ ސިޓީއަކީ އެންމެ ފަހުގެ ޗެމްޕިއަނުންވެސް މެއެވެ.

ސަތޭކަ ފަންސާސް އަހަރުވީ، އިނގިރޭސި އެފްއޭކަޕަކީ އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި އެއް ފުޓްބޯޅަ މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗުވަނީ، "ހެޑްސް އަޕް އެފްއޭކަޕް" ގެ ނަމަށް ރީބްރޭންޑްކޮށްފައެވެ. އެއީ ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް