ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ހިމެނޭ ފަނޑިޔާރުން އަދިވެސް ނޭނގޭ
އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނެނީ ކޮން ފަނޑިޔާރުންނެއް؟
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ބުނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެވެ.
Advertisement

އެމްއެމްޕީއާރުސީއާ ގުޅުން ހުރި، ޚިޔާނާތުގެ އިތުރު މައްސަލައެއްގައި ރައީސް ޔާމީނާ ދެކޮޅަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގާ ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންނާ މެދު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނޭޅެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ބުނިތާ އަށް މަސް ފަހުން، އެ މައްސަލައިގާ ހިމެނޭ ފަސް ފުލުހަކު މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު، އެ މައްސަލައިގާ ހިމެނޭ ފަނޑިޔާރުންނަކީ ކޮބައިތޯ މިއީ އެންމެންގެވެސް ހިތުގައި އުފެދޭ ސުވާލެކެވެ. ވަކިން ހާއްސަކޮށް އެ ހިޔާނާތުގެ މަންފާ ލިބިފައިވާ ފަނޑިޔާރުން މަގާމުތަކުގައި ތިބެގެން އިންސާފު ލިބޭނެތޯ މިއީ ސުވާލެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައުލޫމާތު ހޯދައި، އެ މައްސަލަތައް ތަހުގީގު ކުރަން ޖޭއެސްސީންވެސް ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭ ނިންމި އިރު، މިހާތަނަށް ފިޔަވަޅެއް އަޅާފައިވަނީ އެންމެ ދެ ފަނޑިޔާރުންނާއި ދެކޮޅަށެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާއި، ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ސަސްޕެންޑް ކުރަން ނިންމި ނިންމުމެވެ.

ގާޒީ ބާރީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސަސްޕެންޑްކޮށްފައި ހުރި ނަމަވެސް އެ މައްސަލައިގެ ކޮޅެއް މެދެއް، އަދި އެ މައްސަލައިގާ ދެން ހިމެނޭ ފަނޑިޔާރުންނަކީ ކޮން ބައެއް ކަމެއް މިހާތަނަށް އައިއިރުވެސް ހާމަކޮށްފައެއް ނުވެއެވެ. ބާރީ ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރު ހަ މަސް ދުވަސް ވެގެން ދިޔަ އިރުވެސް އެ މައްސަލަ ނުނިމެއެވެ. އަދި ދެން އެ މައްސަލައިގާ ހިމެނެނީ ކޮން ފަނޑިޔާރުންނެއް ކަމެއްވެސް ކުޑަމިނުން ނޭނގެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރާ ފަސް ފުލުހަކު ސަސްޕެންޑްކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. 

އެހެންނަމަވެސް ޖޭއެސްސީގައިވެސް ރައީސް ނަޝީދު އިންނަވާއިރު، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނުނު ދީދީ އާއި ބާރީގެ އިތުރުން ދެން ތިބީ ކޮން ފަނޑިޔާރުންނެއް ކަމެއް މިހާތަނަށްވެސް އެނގިފައި ނުވެއެވެ. އަދި ރައީސް ނަޝީދުވެސް އިންނަވާ ޖޭއެސްސީން އެއިން އެއްވެސް ފަނޑިޔާރަކާއި މެދު ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރު ގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް