ads
ނާދިރާ އެމްއާރުއެމްގެ ނައިބު ރައީސް
ނާދިރާގެ ސުވާލެއް ފުލުހުންނަށް، ދެ ފިރިހެނުން ތިބީ މަސްތުގެ ހާލަތުގައިތަ؟
ސަފާރީއެއްގައި ބޭރު އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކާ ގުޅިގެން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ނައިބު ރައީސް އައިިމިނަތު ނާދިރާ ފުލުހުންނަށް ވަރުގަދަ ސުވާލެއް ކުރިމަތި ކުރުވައިފި އެވެ.

ސަފާރީގައި ބޭރު އަންހެނަކު ރޭޕް ކުރިކަމަށް ބުނެ ދައްކާ ވާހަކަތައް ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް ފުލުހުން ނެރުނު ބަޔާނާ ގުޅިގެން ނާދިރާ ފުލުހުންނަށް ކުރިމަތި ކުރެއްވި ސުވާލަކީ ރޭޕް މައްސަލައާ ގުޅޭ ގޮތުން ތުހުމަތު ކުރާ ދެ ފިރިހެނުން ތިބީ މަސްތުގެ ހާލުގައިތޯ އެވެ.

ސަފާރީ ރޭޕް މައްސަލައާ ގުޅިގެން ނާދިރާ ރޭގައ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ރޭޕްގެ މައްސަލަތަކެއް ހުރި ކަމަށް ގަބޫލު ކުރެވޭކަމަށެވެ. އަދި ރޭޕިސްޓުން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ކޯޓަށް ހާޒިރުނުކޮށް، ފުލުހުންނަށް އެމީހުން ގެޔަށް ފޮނުވާލަން ނިންމޭނެތޯ ވެސް ނާދިރާ ވަނީ ސުވާލު ކުރައްވާފަ އެވެ.

"ވިދާޅުވެއްޖެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަވެސް، އެހެން ކަމަށް ވަންޏާ ތުހުމަތުކުރެވޭ ރޭޕިސްޓުން ކޯޓަށް ހާޒިރުނުކޮށް ފުލުހުންނަށް ނިންމޭނެތޯ އެމީހުން ގެޔަށް ފޮނުވާލަން؟" ނާދިރާ ކޮށްފައިވާ ޓްވީޓްގައި ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށައެޅުމުން، އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށާއި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ދެމިގެންދިޔަ ކުށުގެ ވެއްޓަކުން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ބެލުމުގެ ދަަށަށް މައްސަލަ އާއި ގުޅިގެން ގެންގޮސްފައި ވަނީ އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ނެވެ. 

އެ ދެ މީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު ބަންދުގައި ބައިތިއްބާގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ މައްސަލައާއި ގުޅިގެން އަނިޔާ ލިބުނު މީހާ 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައި ވާކަމަށެވެ. އަދި ފުލުހުން ވަނީ މި މައްސަލާގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ބުނެފަ އެވެ. 

މި މައްސަލައާއި ގުޅިގެން ގިނަ އަަދަދެއްގެ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދު ހަވީރު ރޭޕްޕްކުރުމާއި ދެކޮޅަށް ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވުމަށް ވެސް ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހަރަކާތްތެރެރިވަމުން އަންނަ ބަޔަކު އަންނަނީ ތައްޔާރު ވަމުންނެވެ.

ސަފާރީ ރޭޕް މައްސަލަ ފެންމަތިވި ހިސާބުން މީޑިއާއިން ފުލުހުންނަށް ތަކުރާރުކޮށް މައުލޫމާތު ހޯދަން ސުވާލުކުރުމުން ވެސް އެ ސުވާލުތަކަށް ވަނީ ޖަވާބު ނުދީފައެވެ. އެކަމާ ގުޅިގެން ނޫސްވެރިންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ތަފާތު ސުވާލުތައް ފުލުހުންނަށް ކުރިމަތި ކުރުވާފައެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް