ads
މެމްބަރު އިލިޔާސް ލަބީބު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަފާރީ ރޭޕް މައްސަލަ: ފުލުހުންގެ ބަޔާނާއި މެދު ސުވާލު އުފެދޭ: އިލިޔާސް ލަބީބް
ސަފާރީ ރޭޕްގެ މައްސަލައިގައި ފުލުހުން ނެރުނު ބަޔާނާ މެދު ސުވާލު އުފެދޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން އިލިޔާސް ލަބީބު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށާއި، އަންހެނުންނަށް ދިމާވާ މައްސަލަތަކަކީ އާދައިގެ މައްސަލަތަކެއް ނޫންކަމަށެވެ. ހާއްސަކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމާއި ރޭޕް ކުރުންފަދަ ކަންކަމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ. 

އިލިޔާސް ލަބީބް ވިދާޅުވީ މިފަދަ މައްސަލައެއް ކުރިމަތި ވެއްޖެ ނަމަ އެކަން ރަނގަޅަށް ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އޮންނަންޖެހޭ ކަމަށެވެ. އަދި ވީހާވެސް އަވަހަށް މިމައްސައިގައި ވެސް ފުލުހުން ސާފުކަންބޮޑު ގޮތަކަށް ތަހުގީގު ހިންގުމަށް ގޮވާލާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މިކަން ހިނގިގޮތް ސާފުކޮށް އިނގެންޖެހޭ ކަމަށް ވިދާޅުވި އެވެ. 

އިލްޔާސް ލަބީބް ވިދާޅުވީ މިކަން ހިިނގާދިޔަތާ ތިން ދުވަސް ފަހުން ފުލުހުން މިކަމުގައި ބަހެއް ބުނުން ބަލައި ނުގަނެވޭނެ ކަމަށެވެ. 

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި ސުވާލު އުފެދޭ ފުލުހުން އެ ބުނެފައޮތް ބަޔާނުގަ އެ އޮތީ ސީދާ ސާފުކޮށް އެކަން ހިނގި ގޮތްތޯ. އެއީ ތެދުތޯ ނޫންތޯ. އެ ސުވާލު އުފެދުނީ ތިން ދުވަސް ފަހުން އެ ބަޔާން ނެރުނީމަ."

އިލިޔާސް ލަބީބް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ލަސްވާ ކޮންމެ ދުވަހަކީ އިތުރު އަނިޔާއެއް ލިބިގެންދާ ކަމެއްކަމަށެވެ. އަދި އަވަސްކަމާއި އެކު މިމައްސަލަ ނިންމަން ޖެހޭކަމަށް ވިދާޅުވި އެވެ. 

your imageމެމްބަރު ހަސަން ލަތީފް--

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މިމައްސަލައިގައި ފުލުހުންގެ ފުރިހަމަ ތަހުގީގެއް ބޭނުންވާ ކަމަށެވެ. 

ސިޔާސީ ނުފޫޒެއް މީގެން އެއްވެސް މައްސަލައެއްގައި އޮވެގެން ނުވާނެ ކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސިޔާސީ ނުފޫޒެއް އޮތިއްޔާ އެމައްސަލައެއް ކަމާގުޅޭ ފަރާތަކަށް ހުށަހައަޅަންޖެހޭނެ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ ކުށުގެ ވެށިންކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށް ހަސަން ވިދާޅުވީ، އެބަޔަކު ދޫކުރި ސަބަބު ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި އެކަން ސާފުކޮށްނުދެވޭނަމަ ވަރަށް ގިނަ ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަމަށް ހަސަން ވިދާޅުވި އެވެ. 

ހަސަން ލަތީފް ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތައް ހުއްޓުވޭނީ އިތުބާރު ހުރި ގޮތަކަށް މައްސަލަތައް މުއައްސަސާތަކުން ބެލޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް