ads
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ދެ ކެޕްޓަނުން
ސާފު ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި
މި އަހަރު ބާއްވަން ކަނޑައަޅާފައިވާ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ އަންނަ އަހަރަށް ފަސްކޮށްފި އެވެ.
Advertisement

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަސްކުރީ، ކޮވިޑާ ގުޅިގެން ސިއްހީ އާއްމު ހާލަތު ހުރި ގޮތުން މި އަހަރު މުބާރާތް ބޭއްވޭނެކަމަށް ނުފެންނާތީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރީ، ހޯމަ ދުވަހު ސާފުގެ މެންބަރު ގައުމުތަކުގެ ސެކެއްޓްރީ ޖެނެރަލުންނާއި އެކު ބޭއްވުނު ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އެވެ. ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޑާކާގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާށެވެ. މުބާރާތް އަންނަ އަހަރަށް ފަސްކުރަން ނިންމި ނަމަވެސް މުބާރާތް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅަ އެވެ.

ސާފުގެ ސެކެއްޓްރީ ޖެނެރަލް އަންވަރުލް ހައްގާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެން މުބާރާތް ބާއްވަން ގަސްދުކުރާ ތާރީހެއް ޖުލައި މަހުގެ ތެރޭގައި ނިންމަން ސާފުގެ އެކްސްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސާފުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދިވެހިރާއްޖެ އެވެ. ދެހާސް އަށާރަވަނަ އަހަރު ބަންގާޅުގައި އޮތް ސާފު ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރީ ފައިނަލްގައި އަވަށްޓެރި އިންޑިޔާ ބަލިކޮށްގެނެވެ.

ފަހަކަށް އައިސް ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންޑިޔާގައި ސާފު ޗެމްޕިއަންޝިޕް ބޭއްވި ނަމަވެސް، ބަންގާޅުގެ އެދުމަކަށް މި އަހަރުގެ ސާފު ޗެމްޕިއަންޝިޕް އެ ގައުމުގައި ބާއްވަން ސާފުން ފުރުސަތު ދިނީ އެވެ. ބަންގާޅަށް ފުރުސަތު ދޭން ނިންމީ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ ސަތޭކަ އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން އެގައުމުން ބޭނުންވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް