ads
ސަޅަކް 2
އާލިއާގެ ކުރިއަށް އޮތް ފިލްމު ބޮއިކޮޓްކުރަން ގޮވާލަނީ
ސުޝާންތު ސިންގް ރާޖުޕުތުގެ މަރަށް ފަހު ގިނަ ބަޔަކު އަންނަނީ "ނެޕޮޓިޒަމް" އާ ގުޅިގެން ވާހަކަ ދައްކަމުންނެވެ. އެކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވި މީހުންގެ ތެރޭގައި ކަރަން ޖޯހަރުގެ އިތުރުން އާލިއާ ބަޓް ހިމެނެ އެެވެ.
Advertisement

މަހޭޝް ބަޓް ޑައިރެކްޓްކުރާ "ސަޅަކް 2" ގެ ޕޯސްޓަރެެއް އޭނާ އާންމުކުރުމާއެކު މީހުން އަންނަނީ ފިލްމު ބޮއިކޮޓްކުރަން ގޮވާލަމުންނެވެ. 

ފާޑުކިޔަމުން އަންނަ މީހުން ވަނީ އެ ފިލްމު ބެލުމުގެ ޝައުގުވެރިކަން ވެސް ނެތް ކަމަށް ބުނެފަ އެވެ. 

ސުޝާންތުގެ މަރާއެކު ގިނަ ބަޔަކު އަންނަނީ ބޮލީވުޑުގެ ތަރިންގެ އާއިލާ މީހުންނާއި ދަރިންނަށް ބޮލީވުޑުން ފަހި ފުރުސަތުތައް ލިބުނަސް އާދައިގެ ތަރިން އުޅޭ ނިކަމެތި ހާލުގެ ވާހަކަ ދައްކަން ފަށާފަ އެވެ. 

ނެޕޮޓިޒަމަށް ކިރިޔާ ވެސް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކާ މީހުންނަށް ވެސް ފާޑުކިޔާ އެ ތަރިންނާއި ދެކޮޅަށް ކެމްޕެއިންތައް ދަނީ ޖައްސަމުންނެވެ. 

ޖުލައި 10 ގައި ސަޅަކް ނެރެން ނިންމާފައިވާއިރު އެ ފިލްމު ނެރެނީ ޑިޒްނީ ހޮޓްސްޓާ އިން އޮންލައިންކޮށެވެ. 

އެ ފިލްމުގައި މަހޭޝްގެ ދަރިފުޅު އާލިއާ އާއި ޕޫޖާގެ އިތުރުން އަދިތުޔާ ރޯއީ ކަޕޫރު ވެސް ފެނިގެންދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް