ads
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހެއް ވަޅުލުމުގެ ތެރެއިން--
ކޮވިޑް19 ޖެހިގެން ރާއްޖެއިން ނުވަ ވަނަ މީހަކު މަރުވެއްޖެ
ކޮވިޑް19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަރުވެފައިވަނީ ޑީއެޗް11 ގައި އެޑްމިޓް ކޮށްފައި އޮތް 43 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާއަކީ ފިލިޕިންސަށް ނިސްބަތްވާ ރައްޔިތެއް ކަމަށް ވެސް ބުނެފައިވެއެވެ. 

މިއާއި އެކު ރާއްޖެއިން ކޮވިޑް19 ގައި މަރުވި މީހުންގެ އަދަދު ވަނީ ނުވައަކަށް އަރާފައެވެ. 

ކޮވިޑް19 އަށް ޕޮޒިޓިވް ވެ ޓްރީޓޮޕްގައި ފަރުވާދެމުންދިޔަ ތިން މީހަކު ޑީއެޗް11 އަށް ބަދަލުކޮށްފައިވަނީ އިއްޔެއެވެ.  އެމީހުންނަކީ ބަލީގައި ހާލު ބޮޑު ބައެއް ކަމަށާއި އޭގެ ތެރެއިން ދެ މީހުންނަކީ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ބައެއް އެޗްޕީއޭއިން އިއްޔެ ބުނެފައިވެއެވެ. މިއަދު މަރުވެފައިވަނީ ޓްރީޓޮޕުން ޑީއެޗް11 އަށް ގެންދިޔަ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޖުމުލަ 2336 މީހުން ޕޮޒިޓިވް ވެފައިވާއިރު މިވަގުތު ބައްޔަށް ފަރުވާދެވެމުން ދަނީ 396 މީހުންނަށެވެ. މިބަލިން ޖުމުލަ 1927 މީހަކު ރަނގަޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް