ads
ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުންނަށް ހުށައަޅައިފި
އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖަކު ބަލިވެން އިން މައްސަލައެއް ފުލުހުންނަށް މިއަދު ހުށައަޅައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތުދޭ ގޮތުގައި ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި ކުޑަ ކުއްޖަކު ބަލިވެން އިން މައްސަލައެއް އިދާރާއަށް ހުށައަޅާފައި ވަނީ ޖެންޑާ މިނިސްޓްރީ އިން ނެވެ. 

މި މައްސަލަ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގެ ގޮތުގައި އެ އިދާރާ އާއި ޖެންޑާ މިނިސްޓްރީ އިން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް ބުނެފަ އެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް އެ އިދާރާއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އަމަލުތައް އިތުރުވާން ފަށާފައިވާއިރު، މިމަހުގެ ތެރޭގައި ވަނީ ކުޑަ ދެ ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް