ads
މާލެ: ފޮޓޯ އައްޑޫ ލައިވް
ރަށްރަށުން މާލެ އަންނަން ބޭނުން މީހުންނަށް މާލެ އާދެވޭނެ
ރާއްޖޭގެ ރަށްރަށުން މާލެ އަންނަ ބޭނުންވާ މީހުންނަށް މާލެ އާދެވޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރަށްރަށުން މާލެ އަންނަ ބޭނުންވާ މީހުންނަށް އެއްވެސް ހުއްދަ އަކާއި ނުލާ މާލެ އާދެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މާލެ އިން ރާއްޖޭގެ އެހެން ރަށްރަަށަށްް ދަތުރުކުރަން ބޭނުން ނަަމަ ހުއްދަ ބޭނުންވާނެ ކަމަށް މަބްރޫކް ވިދާޅުވެ އެވެ. އެގޮތުން، ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ހާލުބެލުން ވެބްސައިޓަށް ލޮގިން ވުމަށް ފަހު ހުއްދަ އަށް އެދެންޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ހުއްދަ ލިބޭނީ ކަމާބެހޭ ހުރިހާ އިދާރާއަކުން ބަލަންޖެހޭ ބެލުންތަކަށް ބެލުމަށް ފަހުގައި ކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ހުއްދަ ލިބުމާއި އެކު އެސްއެމްއެސް ނޮޓިފިކޭޝަން އެއް ލިބޭނެ ކަމަށާއި އެއާއި އެކު ވެބްސައިޓަށް ވަދެ ހުއްދަ ލިބުނު ކަމުގެ ލިއުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ފުރަން ބޯޓަށް އަރާއިރު، ނުވަތަ އެއާޕޯޓަށް ގޮސް ފްލައިޓަށް އަރާ އިރު، އެ ލިޔުން ބޭނުންވާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. ރަށަށް ދެވުމުން ވެސް އެ ލިޔުން ދައްކަން ޖެހޭނެ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

މަބްރޫކް ވިދާޅުވީ، މާލެއިން ރަށްރަށަށް ދިއުމުގައި އަދިވެސް އާންމު އުސޫލަކީ 14 ދުވަސް ކަރަންޓީން ވުމަށްފަހު ބޭރަށް ނިކުތުންކަމަށާއި އެހެން ނަމަވެސް ބައެއް ހާއްސަ ހާލަތްތަކުގައި ހާއްސަ ކަންކަމުގައި ރަށްރަށަށް ދާ މީހުންނަށް އެ ކަމެއްގެ ޒާތުން އެ ރަށްރަށުގެ ކައުންސިލްތަކާއި ވާހަކަދެއްކުމަށްފަހު ލުއިތަކެއް ލިބޭނެގޮތަށް އެޗްޕީއޭއިން ހުއްދަ ދެމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް