އިންޑިއާގައި އެންމެ މަގުބޫލު އެއް އެޕުގެ ގޮތުގައި ފާހަގަކުރާ، ޓިކްޓޮކަކީ ގިނަ ޒުވާނުންތަކެއް ވެސް ބޭނުން ކުރަމުންދާ އެޕެކެވެ. އަދި ބޮލީވުޑުގެ ތަރިން ކަމަށްވާ، ޝިލްޕާ ޝެޓީ އައި ސާރާ އަލީ ހާންގެ އިތުރުން ޖެކްލީން ފެނާންޑެސް އަދި ޝާހިދު ކަޕޫރާއި ކާތިކް އާރިޔަން ފަދަ ތަރިން ވެސް އެ އެޕް ވަރަށް ފޯރީގައި ދިޔައީ ބޭނުން ކުރަމުންނެވެ.
ހޯމަ ދުވަހު، އިންޑިއާ ސަރުކާރުން ޓިކްޓޮކް މަނާ ކުރަން ނިންމިއިރު ޓިކްޓޮކްއާއެކު ޗައިނާއިން އުފައްދާފައިވާ 50 އެއްހާ އެޕް، އެގައުމުން މަނާ ކުރަން ވަނީ ނިންމާފަ އެވެ.
އެ ހަބަރާއެކު، މަލައިކާ ވަނީ އެއީ ލޮކްޑައުނުގައި އޭނާއަށް ލިބުނު އެންމެ އުފާވެރި ހަބަރު ކަމަށާއި މީހުން ދެން އެ މީހުންނަށް ނިސްބަތްވާ ގޮތަށް މޮޔަ ވީޑިއޯތައް ނުހަދާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާ އިން އެ އެޕްތައް ބޭން ކުރީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑުވެދާނެ ކަމަށް ބަލަ އެވެ. ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކާއެކު ޖޫން 15 ގައި މަރުވި 20 އިންޑިއާ ސިފައިންގެ މަރާއި ގުޅިގެން އިންޑިޔާއާއި ޗައިނާގެ ދެމެދު ވަނީ އިތުރަށް މައްްސަލަ ގޯސްވެފަ އެވެ.
ކުރިން ބޮލީވުޑުގެ ގިނަ ފިލްމުތަކުން ފެނިގެންދިޔަ މަލައިކާ މިހާރު އާންމުކޮށް ފެނިގެންދަނީ ނެށުމާއި މޮޑެލް ކުރުމުގެ ދާއިރާއިންނެވެ. އެގޮތުން އެފަދަ ބޮޑެތި ޝޯތަކުގައި ޖަޖެއްގެ ގޮތުގައި އޭނާ ދަނީ ފެންނަމުންނެވެ.