ads
ރައީސް މުހައްމަދު ނަޝީދު--
އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ ކަމަށެވެ.

ސުލްހަވެރި ސިޔާސީ ހަރަކާތުގައި ބައިވެރިވާން ބޭނުންވާން ހުރިހާ މެމްބަރުންވެސް މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ. އަދި ވިދާޅުވީ ބޭނުން މަޝްވަރާއާއި ބަހުސާއި އަދި ބައެއް ފަހަރު ހޫނު ޒުވާބާއި އެކު މިރާއްޖޭގެ ކަންކަން ރައްޔިތުންނަށް ހެވާއި ލާބައަށް މަންފާވާގޮތަށް ކުރިއަށް ގެނދެވޭނެ ކަމަށެވެ. 

އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަން ފަށާފައިވަނީ، ކައުންސިލްތަކުގެ ދައުރު އިންތިހާބެއް ބޭއްވެންދެން ދަންމާލުމަށް ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން ދެން ހިނގާދިޔަ ހަމަނުޖެހުން ތަކުގައި ޝިޔާމަށް އަނިޔާވެފައިވާތީ އެވެ. އިދިކޮޅު މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ޝިޔާމަށް އަނިޔާކޮށްފައިވަނީ ރައީސް ނަޝީދުގެ އެންގެވުމަށެވެ. އަދި އިދިކޮޅުން ބުނަމުން އަންނަނީ ރައީސް ނަޝީދު އެކަމުގައި މާފަށް ނޭދޭނަމަ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް