ads
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު
އުވާލަން ނިންމާފައިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ކޫލަރެއް ހޯދަނީ
ޖުޑީޝަލް ސަރވިސް ކޮމިޝަނުން، އުވާލަން ނިންމާފައިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ފެން ކޫލަރެއް ހޯދަން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާންކޮށްފިއެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށުން ހިނގަމުން އަންނަ ތަނެކެވެ.

ޖޭއެސްސީން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ނިންމާފައިވަނީ މި އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ކޮމިޝަނުން ބުނެފައިވަނީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށަން، އެ ކޮމިޝަނުން ނިންމިކަމަށެވެ. ޖޭއެސްސީން އުވާލަން ނިންމާފައިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހޯދަން އިއުލާންކޮށްފައިވަނީ ނަވާރަ ލީޓަރުގެ ކޫލަރެކެވެ. މި ކޫލަރުން ހޫނު ފެނާ، ފިނެފެން އަދި ހިހޫ ފެން ލިބެން ޖެހޭނެ ކަމަށް ޑީޖޭއޭއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީން އުވާލަން ނިންމާފައިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ފެން ކޫލަރެއް ހޯދަން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާން ކުރިއިރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރީ އެންމެ އިސްވެރިޔާކަމުގެ މަގާމުގައި ހުންނެވީ ވަގުތީ ގޮތުން ހުންނެވި ބޭފުޅެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި، ޑރ. ޢަބްދުﷲ ނަޒީރު ހުންނެވީ، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހާއި އެކު، އެ ޤާނޫނުގެ ދަށުން ޖޭއެސްސީން އައްޔަން ކުރާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަން ކުރަންދެނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ޖޭއެސްސީގެ ޤާނޫނަށް ގެނެވެނު އިސްލާހު ތަސްދީގުކޮށް، އޭރުއްސުރެ އައު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަން ކުރަންދެން ޑރ. ޢަބްދުﷲ ނަޒީރު އެ މަގާމުގައި ހުންނެވިއިރު، ޑިސެމްބަރު މަހު ޖޭއެސްސީންވަނީ އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހޯދަން އިއުލާންކޮށްފައެވެ. ޑިސެމްބަރު މަހުގެ ކުރީކޮޅު އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓަރެއް ހޯދަން އިއުލާންކުރި ނަމަވެސް މިހާތަނަށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް