ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ ބިލުން ހާސިލުކުރުމަށް ބޭނުންވާ އެއް މަގުސަދަކީ ފުލުހުން ޖަވާބުދާރީ ކުރެވޭނެ ގޮތެއްކަމަށެވެ.
ފުލުހުން ޖަވާބުދާރީ ކުރުމަށް އުފައްދާފައި އޮތް އެންއައިސީއަށް އުންމީދު ކުރިވަރާ ގާތަށްވެސް މަސައްކަތް ކޮށްފައި ނުވާކަމަށް ހަސަން ވިދާޅުވި އެވެ. އަދި އެކަންކަން ފެންނަން ހުރީ ތަފާސްހިސާބަށް ބެލުމުންކަމަށް ވެސް ވިދާޅުވި އެވެ.
މިހާތަނަށް އައި އިރު ދައުވާކުރުމަށް އެއްވެސް މައްސަލައެއް ފޮނުވާފައި ނެތުމުން މަސައްކަތް ކުރެވުނުކަމަށް ނުދެކޭކަމަށް ހަސަން ވިދާޅުވި އެވެ.
މުހިންމީ ޖަވާބު ދާރީ ކުރެވޭނޭ ގޮތެއްކަން ފާހަގަކޮށް ހަސަން ވިދާޅުވީ، ގަސްތުގައި ކުށްވެރިއަކު ހިމާޔަތް ކުރަން ފުލުހުން ނުވަތަ މުއައްސަސާއިން މަސައްކަތެއް ކުރާނަމަ އެކަމެއް ރަނގަޅަށް ބެލި ތަހުގީގު ކުރުމަށް އެ މުއައްސަސާއިންވެސް އެދޭނެކަމަށެވެ.