ads
ބައްސާމްއާއި މަހްލޫފު
އެފްއޭއެމް އިންތިހާބު ފަސްކޮށްދޭން މަޖިލީހުން އެދިއްޖެ
އެފްއޭއެމުން އެ އިދާރާގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަންކަން ބަލައި ފިޔަވަޅު އަޅަން، ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންކޮށް ނިމެންދެން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުޅިވަރު މިނިސްޓްރީގައި އެދިއްޖެއެވެ.

މަޖިލީހުން މި ގޮތަށް އެދުނު އިރު، އަވަސް އަރުވާލައިގެން މިއަދު، އެފްއޭއެމްގެ އިންތިޚާބު ބާއްވަން އެ އިދާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިޔުޝާ، ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފަށް މިއަދު ފޮނުވި ސިޓީގައި އެދިފައިވަނީ މިނިސްޓްރީން އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައިނުވާތީވެ އެސޯސިއޭޝަންއާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި، ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާ ކުރަމުން އަންނާތީ، އެ މަސައްކަތް ނިމެންދެން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެ ކޮމިޓީން އެދިފައިވާ ކަމަށެވެ.

މަޖިލީހުގައި އެ މަސައްކަތް ކުރިއަށްދަނިކޮށް، އެފްއޭއެމުން އަންނަނީ މިއަދު އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އިންތިޚާބު އޮންނަކަން އެފްއޭއެމުން އާއްމުކޮށްފައި ނުވާތީ، މި އިންތިޚާބު ބާއްވަން މަސައްކަތް ކުރަނީ ސިއްރުން ކަމަށް ބެލެވެއެވެ. މިއަދު އިންތިހާބު ބާއްވާކަން އެނގުނީ، ފީފާ އިން އެފްއޭއެމަށް ފޮނުވާފައިވާ ސިޓީއެއް އާއްމުވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް