ads
ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތުދޭ ގޮތުގައި ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. 

އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ޖެންޑާ މިނިސްޓްރީ އިންނެވެ.

އެ މައްސަލަ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގެ ގޮތުގައި އެ އިދާރާ އާއި ޖެންޑާ މިނިސްޓްރީ އިން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް ބުނެފަ އެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް އެ އިދާރާއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް