މީގެތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 78,204އަށް އުފުލިފަ އެވެ. އދއިން ބުނީ, ގާޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގަ އެވެ.
މި ހާލަތުގައި ގާޒާ އޮށްވާ އިރުމަތީ ރަފާހްގައި ދިރިއުޅޭ ފަލަސްތީން މީހުން އެ ސަރަހައްދު ދޫކޮށް ވަގުތުން ފޭބުމަށް އިޒުރޭލުގެ އަސްކަރިއްޔާއިން މިހާރު ވަނީ އަންގައިފަ އެވެ.
ރަފަހާށް އެއްގަމު މަގުން އަރައި އުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ރަފަހުގެ ހުރަސް ހިފާފައި މި ވަނީ މި އުދުވާނަށް ތައްޔާރުވުމުގެ ގޮތުންނެވެ. ނަތަންޔާހޫގެ އޮފީހުން ބުނީ, ރަފަހަށް އުދުވާން ފުޅާ ކުރަން އޭނާގެ ހަނގުރާމައިގެ ކެބިނެޓުން ރުހުން ދީފައިވާ ކަމުގަ އެވެ.
ރަޝިއާގެ ދާހިލީ ވުޒާރާއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ރަފަހް އަށް ޓޭންކަރުތަކާއި އެކީ އެއްގަމު މަގުން އަސްކަރީ ގޮތުން އެރުން އެއީ ފަލަސްތީނުގެ ކުރިމަގާއި މެދު ސުވާލު އެފެދޭ ކަމެއް ކަމަށާއި އިންސާނީ ކާރިސާއެއް ގާޒާގައި ހިނގާފާނެތީ ރަޝިއާ އިން ކަންބޮޑުވާކަމަށެވެ.
އަދި ހަނގުރާމައިގެ ހުރުމަތްތެރިކަން ދެމެހުއްޓުމަށާއި އާންމުން ރައްކާތެރިކުރުމަށް ހަދާފައިވާ ބައިނަލް އަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް އިސްރާއީލުން ފުރިހަމަ އަށް ތަބާވާން ޖެހޭނެ ކަމަށެވެ.
އިޒްރޭލު ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް މިހާ ރަފަހްގައި ހިންގާ އުޅޭ އުދުވާނަކީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ނިންމާފައިވާ ނިންމުމެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ސިފަކުރެ އެވެ.
ޔަހޫދީ ފައުޖުން ރަފަހު ހުރަަހަށް އަތްގަދަ ކޮށްފައި މި ވަނީ, ގާޒާގެ މުސްލިމުން ނެތި ކޮށްލަން އެ މީހުން ހިންގަމުންދާ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ގަތަރާއި މިސްރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތައް ގަބޫލު ކޮށްފައިވާ ކަން ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ރަފާހްއަށް ވަނުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެމެރިކާ އިންވެސް ވަނީ ބުނެފަ އެވެ.ނަމަވެސް, ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ, އެ ހުށަހެޅުންތައް ގަބޫލު ނުކުރާނެ ކަމަށް ބުނެ, އުދުވާންތައް ހުއްޓައިލަން ދެކޮޅު ހަދާފަ އެވެ. އޭނާގެ ސަރުކާރުން ބުނީ, ހުށަހެޅުންތަކުގައި ޔަހޫދީންގެ ބޭނުންތައް ހާސިލު ކުރެވެން ނެތް ކަމުގަ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ރަފާހް އިން ފައިބައިގެންދާ މީހުންނަށް މަވާސީގައި ތިބެވޭނެ ގޮތް ވަނީ އިންތިޒާމުކޮށްފަ އެވެ. އެ ތަނުގައި ޓެންޓްތަކާއި ސިއްހީ ފަރުވާދޭނެ މަރުކަޒުތައް ހުންނާނެ ކަމަށްވެސް ޒަޔަނިސްޓުން ބުނެ އެވެ.