ads
ރ. އަލިފުށި-- ފޮޓޯ: އަލިފުށި އޮންލައިން
ނަމާދުކުރަން ހުރި އަންހެނެއްގެ އަނގަޔަށް މީހަކު ކެމިކަލް އަޅައިފި
އަންހެނަކު ނަމާދަށް ހުއްޓާ އޭނާ، ދިރިއުޅެމުންދާ ގެއަށް ވަދެ، ކުރީގެ ފިރިމީހާ، އަންހެން މީހާގެ އަނގަޔަށް ކެމިކަލް އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ރ. އަލިފުށީގައި ރޭ ހިނގި އެހާދިސާއާ ގުޅިގެން މިހާރު ފުލުހުން ވަނީ 32 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. 

ފުލުހުން ބުނި ގޮތުގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 21:45 ހާއިރެވެ. 

އެގޮތުން މައްސަލަ ހުށަހެޅުމާއެކު އެ ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

އެކަމުގެ މައުލޫމާތު އެނގޭ މީހަކު މިއަދު ސީއެންއެމްއަށް ބުނި ގޮތުގައި އަންހެން މީހާގެ އަނގަޔަށް ލައްފިލުވާ އަޅާފައި ވަނީ އަންގިއެއް ވެސް އަތަށް ލައްވައިގެން ގޮސް ކަމަށް ބުނެ އެވެ. 

އެގޮތުން އަންހެން މީހާ، ނަމާދަށް ހުއްޓާ ގަދަކަމުން، އޭނާގެ އަނގައިގައި ހިފަހައްޓާ، ލައްފިލުވާ އޭނާގެ ކަރު ތެރެއަށް އެޅި ކަމަށް އެމީހާ ބުނެ އެވެ. 

އެ ހާދިސާ ހިނގާފައި ވަނީ އަންހެން މީހާ ހޯމް ކަރަންޓީނުގައި އާއިލާގެ މީހެެއްގެ ގޭގައި އުޅުމަށް ފަހު، އިއްޔެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން އޭނާގެ އަމިއްލަ ގެއަށް ދިޔަތާ ދެވަނަ ރޭގައި ކަމަށް ވެސް އެމީހާ ބުނެ އެވެ.

ކުރީގެ ފިރިމީހާ އެގޮތަށް އަންހެން މީހާއާ މެދު ކަންތައް ކުރިއިރު، އެމީހުންގެ ދަރިއަކު ވެސް ހުންނަ ކަމަށް އެ މީހާ ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް