
އެ ފިލްމުގައި ސަލްމާން އާއި އައިޝްވާރިޔާގެ ކެމިސްޓްރީ ގިނަ ބެލުންތެރިންގެ މެދުގައި މަގްބޫލްވެފައި ވާއިރު، ފިލްމުގެ ސެޓުގައި ތަރިން އުޅޭ ނޫޅެއް އެނގުމަކީ ފޭނުން ވަރަށް ބޭނުންވާ ކަމެކެވެ.
ހަމް ދިލް ދޭ ޗުކޭ ގެ ސެޓުގައި ނަގާފައިވާ އެއް ފޮޓޯ އިން ސަލްމާން މީހަކާ ވާހަކަދައްކަން ހުންނަ މަންޒަރު އަދި އެތާގައި އައިޝްވާރިޔާ ވެސް ސަލްމާން ދައްކާ ވާހަކަ އަޑު އަހަން އިންތަން ފޮޓޯ އިން ފެނެ އެވެ.
އިތުރު ފޮޓޯ އަކުން އައިޝްވާރިޔާ ރީތިކޮށް ޝޫޓިން އަށް ތައްޔާރުވެގެން އިން މަންޒަރު ފެނިގެން ދާއިރު، ސަލްމާން ފެނިގެން ދަނީ ހަމަ އެކަނި ސޯޓު ކޮޅެއް ލައިގެން އިން މަންޒަރެވެ.
ސަންޖޭ ލީލާ ބަންސާލީ ގެ މި ފިލްމު ރިލީސް ކޮށްފައި ވަނީ 1999 ވަނަ އަހަރު އެވެ. މި ފިލްމުގައި އައިޝްވާރިޔާ ފެނިގެން ގޮސްފައި ވަނީ ނަންދިނީ ގެ ރޯލުން ނެވެ. އަދި ސަލްމާން ފެނިގެން ގޮސްފައި ވަނީ ސަމީރު ގެ ރޯލުން ނެވެ.