ads
އަބީޝޭކް ބައްޗަން
އެބީޝޭކް ބޮލީވުޑަށް ތައާރަފްވިތާ 20 އަހަރު
އަބީޝޭކް ބައްޗަން ބޮލީވުޑުގައި މަސައްކަތް ކުރާތާ 20 އަހަރު ވެއްޖެ އެވެ.

ޖޫން 30 ވަނަ ދުވަހު އަބީޝޭކް ވަނީ އޭނާ ބޮލީވުޑް ގައި މަސައްކަތް ކުރާތާ 20 އަހަރު ފާހަގަކޮށް، ޕޯސްޓެއް ވެސް ޝެއާ ކޮށްފަ އެވެ. 

އެ ޕޯސްޓުގައި އޭނާ ވަނީ އެންމެ ފުރަތަމަ އޭނާ ކުޅުނު ފިލްމު އަބަދުވެސް އެހެން ފިލްމުތަކަށް ވުރެ ހާއްސަ ވާނެ ކަމަށާއި އެ ފިލްމު ވެގެން ގޮސްފައި ވަނީ އޭނާ އަށް ގިނަ ތަޖުރިބާތަކެއް ކުރެވިގެން ދިޔަ ފިލްމަކަށް ކަމަށެވެ. 

އޭގެ އިތުރުން ވެސް އަބީޝޭކް ވަނީ އެ ދާއިރާގައި އޭނާ މަސައްކަތްކުރާތާ މިހާރު 20 އަހަރު ވީއިރު، އަދި ކިރިޔާ ކެރިއަރު ފަށައިގަނެވުނު ކަމުގެ އިހުސާސު ކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އޭނާ އަށް މިހާ ހިސާބަށް އާދެވިފައި ވަނީ އޭނާގެ އާއިލާގެ ފަރާތުން ލިިބުނު ތަރުހީބާ އެއްބާރުލުމާއި އެކު ކަމަށް ވެސް އަބީޝޭކް ވަނީ ފާހަގަކޮށްފަ އެވެ. 

އަބީޝޭކްގެ އެންމެ ފުރަތަމަ ފިލްމު، ރެފިއުޖީ ރިލީސް ކޮށްފައި ވަނީ 2000 ވަނަ އަހަރު އެވެ. އޭނާ އާއިއެކެ އެ ފިލްމުން ކަރީނާ ކަޕޫރް ހާން ފެނިގެންދެ އެވެ. 

އަބީޝޭކް ވަނީ އޭނާގެ ކެރިއަރުގައި ދޫމް، ގުރޫ، ދޯސްތާނާ ފަދަ ބެލުންތެރިންގެ މެދުގައި މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް