ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އައިޖީއެމްއެޗުގެ ތިން ނަރުހަކާއި ދެ ޕޭޝަންޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގެ ތިން ނަރުހަކާއި ދެ ޕޭޝަންޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް، ތަސްލީމާ އުސްމާން ސީއެންއެމްއަށް ވިދާޅުވީ އައިޖީއެމްއެޗުގެ ތިން ނަރުހަކާއި ދެ ޕޭޝަންޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި ތިން ނަރުހުންނަކީ އައިސީޔޫގައި މަސައްކަތް ކުރަމުންދިޔަ ތިން ނަރުހުންނެވެ. ދެ ޕޭޝަންޓުން ވެސް އޮތީ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބެ އެވެ. 

މިއީ އައިޖީއެމްއެޗުގެ ތެރޭގައި މަސައްކަތުގައި އުޅެނިކޮށް ނަރުހުންތަކެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ބައްޔަށް ޕޮޒިޓިވްވި ތިން ނަރުހުންނަކީ ރޭ ކެންސަރު ބަލީގައި މަރުވި އިންޑޮނޭޝިއާ މީހާއާއި ކޮންޓެކްޓްވި ބައެކެވެ. އަދި އައިސީޔޫގެ ޕޭޝަންޓުންނާއި އެމީހުން ކޮންޓެކްޓްވި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 

ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފުރަތަމަ ބުނި ގޮތުގައި ރޭ އައިޖީއެމްއެޗުގައި މަރުވި މީހާއަކީ ކޮވިޑް-19 ގައި ރާއްޖެއިން މަރުވި 11 ވަނަ މީހާ އެވެ. އެކަމަކު ފަހުން ވަނީ އެމީހާ މަރުވީ ކެންސަރު ބަލީގައި ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް