ads
ސާރާ އާއި ވަރުން
ކޫލީ ނަންބަރު 1 ގެ ސެޓުން ސާރާ އާއި ވަރުންގެ ފޮޓޯތަކެއް
ސާރާ އަލީ ހާން އާއި ވަރުން ދާވަން އެކުގައި ފެނިލި ފުރަތަމަ ފެނިލުން ފެނިގެން ދާނީ ފިލްމު ކޫލީ ނަންބަރު 1 އިން ނެވެ.

މި އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމު ބެލުމަށް ގިނަ ބަޔަކު ކެއްމަދުވެފައި ވާއިރު، ފިލްމުގެ ރެޕް-އަޕް ބޭޝް އިން އެ ދެތަރިންގެ ފޮޓޯތަކެއް މިވަނީ އާންމުވެފަ އެވެ. 

ޕަޕަރާޒީން ދެ ތަރިން ވަށާލާފައިވާތަަން ފޮޓޯ އިން ފެންނަ އިރު، ދެ ތަރިންވެސް ތިބީ ވަރަށް އުފަލުންކަށް ފޮޓޯ އިން އެނގެއެވެ. ސާރާ ފެނިގެން ދަނީ އޮރެންޖު ކުލައިގެ މެކްސީ ޑްރެސް އެއް ލައިގެން ނެވެ. އަދި ވަރުން ފެނިގެން ދަނީ ޑޮލްކް އެންޑް ގަބާނާގެ ހުދު ޓީޝާޓެއްގަ އެވެ. 

your imageވަރުން އާއި ސާރާ

ފިލްމަށް ބެލުންތެރިން ކުރާ އިތުބާރު ހިފޭއްޓުމަށް ވަރުން ވަނީ ދާދި ފަހުން އޭނާގެ މޫނުގައި މާސްކެއް އަޅައިގެން އިން ފިލްމުގެ ޕޯސްޓަރެއް ވެސް އިންސްޓަގްރާމް ގައި ޝެއާ ކޮށްފަ އެވެ. 

މި ފިލްމުން ސާރާ އާއި ވަރުންގެ އިތުރުން، ޕަރޭޝް ރަވަލް އާއި ޖާވެދް ޖެފްރީ، ޖޯން ލޭވާ އާއި ރާޖްޕަލް ޔާދަވް ވެސް ފެނިގެންދާނެ އެވެ. 

ކޫލީ ނަންބަރު 1 އަކީ 1995 ވަނަ އަހަރު ރިލީސްކޮށްފައިވާ ފިލްމު ކޫލީ ނަންބަރު 1 ގެ ރީމޭކް އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް