ads
ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަން އިން އިތުރު 200 ބިދޭސީން ފުރުވާލައިފި
ގައުމީ އެއާލައިން މޯލްޑިވިއަން އިން އިތުރު 200 ބިދޭސީން އަނބުރާ ގައުމަށް ފުރުވާލައިފި އެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދާ ފުރާފައިވަނީ މެންދުރު 12:34 ގައި އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ސަރުކާރުން ވަނީ ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން އެ ގައުމުގެ ރައްޔިތުން ފުރުވާލާފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ ބަންގަލަދޭޝް މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ އިރު، މިހާރު 3،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.  

މިދިޔަ މަހުގެ ތެރޭގައި އެކަނިވެސް މޯލްޑިވިއަން އިން ވަނީ 1،000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް