ads
ކާންޔޭ ވެސްޓް
އެމެރިކާގެ ރައީސްކަމަށް ކާންޔޭ ވެސްޓް ކުރިމަތިލަނީ
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބުނެފި އެވެ.

ހޮނިހިރު ދުވަހު ކާންޔޭ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް އޭނާ ބުނެފައި ވާއިރު، އޭނާ އަށް އެލަން މަސްކުގެ ސަޕޯޓްވެސް ވަނީ ލިބިފަ އެވެ.

ކާންޔޭ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާއިރު އޭނާ ވަނީ މިހާރުގެ ރައީސް ޑޯނާލްޑް ޓްރަމްޕަށް ކުރިން ތާއިދު ވެސް ކޮށްފަ އެވެ. 

މި އަހަރުގެ އިންތިހާބުގައި އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމައި ކާންޔޭ އެކަން އިއުލާން ކުރީ ސީރިއަސް ކޮށް ކަން ޔަގީންވެފައި ނެތް ނަވަމަވެސް އިންތިހާބު ގައި ބައިވެރިވުމަށް އަމިއްލަ ކެނޑިޑޭޓުންނަށް ނަން ހުށައެޅުމުގެ ސުންގަޑި އަދި ހަމަ ނުވެ އެވެ. 

އިންތިހާބުގައި ބައިވެރިވުމަށް ނިންމާ މިހާރު ކާންޔޭ ފޯމް ހުށައަޅާފައިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ. 

އެމެރިކާގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް