ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިއުނިކުން ޖާމަން ކަޕް، ކާމިޔާބުކުރީ ލެވަކޫސަންގެ ހަތަރު ލަނޑު ދެ ލަނޑުން ބަލިކޮށްގެނެވެ.
ލެވަކޫސެން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ދިފާއުކުރި އިރު މިއީ ޖާމަން ކަޕް ބަޔާން މިއުނިކުން ކާމިޔާބުކުރި ވިހި ވަނަ ފަހަރެވެ. ވިހި ވަނަ ފަހަރަށް ޖާމަން ކަޕް ކާމިޔާބުކުރި އިރު، މި ސީޒަންގައި ބުންޑަސްލީގާވެސް ކާމިޔާބުކުރީ ބަޔާން މިއުނިކްއެވެ. އެއީ ވިދިވިދިގެން އަށްވަނަ ސީޒަނެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ޖާމަން ކަޕުގެ ފައިނަލްގައި ބަޔާނުން ލަނޑު ޖަހާފައިވަނީ ޑޭވިޑް އަލްބާ، ސާޖް ގްނަބްރީ ވަނީ އަދި ރޮބަޓް ލެވަންޑޯސްކީއެވެ. ލެވަންޑޮސްކީ ދެ ލަނޑު ޖެހިއެވެ. އެއާއި އެކު މި ސީޒަނުގައި ލެވަންޑޯސްކީގެ ގޯލުގެ އަދަދުވަނީ 51 އަރާފައެވެ.