ads
ޑރ. ނަޒްލާ ރަފީގް--
ބަލީގެ އަލާމާތް ހުއްޓަސް މީހުން ބޭރަށް ނިކުންނާތީ ޑރ. ނަޒްލާގެ ކަންބޮޑުވުން
ކޮވިޑް-19 ގެ އަލާމާތްތައް ހުއްޓަސް މީހުން ބޭރަށް ނިކުންނަމުން އަންނާތީ އެގޮތަށް އެކަން ނުކުރުމަށް ޑރ. ނަޒްލާ ރަފީގް އަނެއްކާ ވެސް އާންމުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މިހާރު ޕޮޒިޓިވްވަމުން އަންނަ މީހުންގެ ތެރޭގައި ރޯގާގެ އަލާމާތްތައް ތިން ހަތަރު ދުވަސްވަންދެން ފެނުން ނަމަވެސް ޑޮކްޓަރަށް ނުދައްކާ މީހުން ހިމެނޭ ކަމަށެވެ. 

އެގޮތުން ފްލޫ ކްލިނިކަކަށް ދިއުމުގެ ބަދަލުގައި ބޭރަށް ނިކުމެ އުޅުމާއި، އޮފީސްތަކަށްދާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ބަލީގެ އަލާމާތްތައް ފެނުމުން ވެސް ބޭރަށް ނިކުމެ މީހުން އެއްވެ އުޅޭ ތަންތަނަށްދާ ކަމުގައިވާނަމަ ބަލި އިތުރަށް ފެތުރި، އެމީހާގެ ކިބައިން ވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންކަމުން، އެގޮތަށް ނޫޅުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. 

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ގިނަ ލުއިތަކެއްދީފައިވާއިރު މާލޭގެ މަގުމަތި ވެސް ފެނިގެންދަނީ ވަރަށް ބާރުބޮޑު ކޮށެވެ. މީގެ ކުރިން ޑރ. ނަޒްލާ ވަނީ އެގޮތަށް ބޭރުގައި ގިނަ ބަޔަކު އުޅޭއިރު މާސްކް ނާޅާއި ބައެއް މީހުން ބޭރަށް ނިކުންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް