ads
މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ސަމާލުވޭ! އިންޑިފެންޑެންޓް ކޭސްތައް ވެސް އިތުރުވަނީ
އިންޑެޕެންޑެންޓް ކޭސްތައް އިތުރުވަމުން އަންނަ ކަމަށާއި އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރަށް ބޮޑުވެދާނެ ކަމެއްކަމުން ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިރޭ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއާޒު މޫސާ ވިދާޅުވީ، ބޭރަށް ނިކުންނައިރު ކޮންމެ މީހަކީ ވެސް ބަލި ހުރެދާނެ މީހެއް ކަމަށް ބަލާއި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ކޮންމެހެން މީހަކަށް ބައްދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ބައްދަލުކުރާއިރު ވެސް އެގޮތަށް ފިޔަވަޅުތައް އެޅުމަށް ޑރ. މުއާޒު ވިދާޅުވެ އެވެ. 

"އާންމު ގޮތެއްގައި ލިންކެއް ނުހުންޏާއި އޭގެ މަނާއަކީ ކޮމިއުނިޓީ ތެރޭގައި ބަލި ފެތުރިގެންދާ މިންވަރު ބޮޑީއޭ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އެ އަދަދު މަތިވަންޏާއި ކަންބޮޑުވާން ޖެހޭނެއޭ، މިވަގުތު އަދި އެހާ މަތި ނޫންނަމަވެސް ފަހުން އަޅުގަނޑުމެންނަށް ފެންނާނެ އިތުރުވާތަން،" ޑރ. މުއާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ކޭސްތައް އިތުރުވެ ކޮންޓްރޯލުން ނައްޓައިގެން ދިއުމުގެ ކުރިން އެކަމަށް ސަމާލުވާން ޖެހެ އެވެ.  

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާރު ދީފައިވާ ލުއިތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާއި، އުޅޭނަމަ، ނުވަތަ ޑޮކްޓަރުން ދެމުން އަންނަ އިރުޝާދުތަކަށް ބޯނުލަނބާނަމަ ކޭސްތައް ފެންނަ މިންވަރު އިތުރުވެދާނެ ކަމަށެވެ. 

"ނޮން ލިންކްޑް ކޭސްތަކުގެ ނިސްބަތަކީ އަޅުގަނޑުމެން ޓްރިގާއެއްގެ ގޮތުގައި ބަލާއި ކަންތައް. ޓްރިގާއެއްގެ ގޮތުގައި، އެހެން ގޮތަކަށް ބުނާނަމަ، ލޮކްޑައުންއަކަށް ދާންވީތޯ ނޫންތޯ އަޅުގަނޑުމެން ބަލާނީ ހަމައެކަނި ނޮން ލިންކްޑް ކޭސްއަކުން ނޫނޭ. އޯވަރޯލް ކޭސްއަށް ވެސް ބަލާނެއޭ،" ޑރ. އަފްޒަލް ވިދާޅުވި އެެވެ. 

އޭގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ފެނިފައިވާ ކޭސްތަކުން އަދި އަނބުރާ ލޮކްޑައުންއަކަށް ދާވަރު ނުވާ ކަމަށެވެ. އެކަމަކު، އެހެންކަމުން، އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ޑރ. އަފްޒަލް އެދިވަޑައިގަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް