ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު---ފޮޓޯ:އެމްއޭސީއެލް
ބޯޑަރު ހުޅުވާލުމާއި އެކު 12 އެއާލައިނެއްގެ ދަތުރުތައް ފަށަނީ
ޖުލައި 15 ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު 12 އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ފަށަން ތައްޔާރު ވެފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެގޮތުން ބޯޑަރު ހުޅުވާލުމާއި އެކު އެންމެ ފުރަތަމަ ރާއްޖެ އައުމަށް ޝެޑިއުލްކޮށްފައި ވަނީ ގަތަރު އެއާވޭސްގެ އެމްއޭސީއެލްއިން ބުނެ އެވެ. އެމްއޭސީއެލް އިން ބުނާ ގޮތުން ގަތަރު އެއާވޭސް ގެ އޭ320 މަރުކާގެ ފްލައިޓް ވަނީ ޖުލައި 15 ދުވަހު ރާއްޖެ އައުމަށް ތާވާލު ކޮށްފަ އެވެ. 

އޭގެ އިތުރުން ޖުލައި 16 ވަނަ ދުވަހުން ފެށިގެން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ހަމަޖެހިފައި ވާއިރު، ދުބާއީ އާއި މާލެ އާއި ދެމެދު ހަފްތާ އަކު ފަސް ދުވަހު ދަތުރުތައް ތާވާލުކޮށްފައި ވާކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އެގޮތުން މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން777 ގެ ފްލައިޓް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. 

ޖުލައި 18 ވަނަ ދުވަހުން ފެށިގެން އިއްތިހާދު އެއާވޭސްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލްގެ ފްލައިޓް ޝެޑިއުލްގައިވެ އެވެ. އެގޮތުން އާބޫދާބީ އާއި މާލެ އާއި ދެމެދު އޭ32 ގެ ފްލައިޓެއްގައި ހަފްތާއަކު ދެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

އޭގެ އިތުރުން އޮގަސްޓް މަހު ގަލްފު-އެއާ އާއި ބްރިޓިޝް އެއާވޭސް ގެ އިތުރުން، ހޮންކޮންގް އެއާލައިންސް އާއި އިންޑިގޯ އެއާލައިން އަދި ސިލްކު އެއާލައިންގެ ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އޭގެ އިތުރުން ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަންގެ ދަތުރުތައް ވެސް އޮގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

ސެޕްޓެމްބަރު މަހު ސްވިޒަލޭންޑުގެ އެޑެލްވެއިސްގެ ދަތުރުތައް ފަށަން ތާވަލުކޮށްފައި ވާކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ. 

އެމްއެސީއެލް އިން ވަނީ އޮކްޓޯބަރު މަހު ޓާކިޝް އެއާލައިންގެ ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށްވެސް ބުނެފަ އެވެ. އަދި މިހާރު އާންމުކޮށްފައި މިއޮތް ތާވާލަށް ކުރިއަށް އޮތްތާންގައި ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދޮށްފައި ވަނީ މާޗް 27 ވަނަ ދުވަހު އެވެ. ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ބަލައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލާއިރު، އޭގެ ސަބަބުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން އެމްއޭސީއެލް އިން ވަނީ އެއާޕޯޓަށްދާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މީހުން ފުރުވަން އަދި ބަލައި އެއާޕޯޓަށް އެންމެ މީހަކު ދިއުމަށް އިލްތިމާސް ކޮށްފަ އެވެ. 

ނިއު ނޯމަލްގައި ހިދުމަތް ދިނުމަށް އެއާޕޯޓު އޮތީ ތައްޔާރަށް ކަމަށް މީގެ ކުރިން ވެސް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ފާހަގަތައް ވެސް ކުރަހާފައިވާއިރު އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ކެމެރާތައް ވެސް ބަހައްޓާފައިވެ އެވެ. 

ނިއު ނޯމަލްގައި އެއާޕޯޓް ހުޅުވާއިރު ހަތަރު ގަޑިއިރުކުރިން އެއާޕޯޓަށް ދިއުމަށް ވެސް އެމްއޭސީއެލުން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް