ads
ފޮޓޯ: މޯލްޑިވްސް ކަރަކްޝަނަލް ސާވިސް
ގައިދީންނަށް ދީނީ ކްލާސްތައް އޮންލައިންކޮށް ނަގައިދޭން ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއްގެ 12 ވަނަ ބެޗްގެ ބައިވެރިންނަށް އޮންލައިންކޮށް ދީނީ ކްލާސްތައް ކުރިއަށްގެންދަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ އާއިި އެމްސީއެސް އާއި ގުޅިގެން ޖުލައި ފަސް ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ކުރިއަށްގެންދާ މި ކްލާސްތަކުގެ މަގުސަދަކީ ބައިވެރިންނަށް އިސްލާމް ދީނުގެ އިލްމު އުންގަންނައިދީ، ދަރުހާއި އިސްލާމީ ރިވެތި ދިއިރުޅުމާ ބެހޭ މައުލޫމާތު ހިއްސާކުރުން ކަމަށް އެމްސީއެސް އިން ބުނެ އެވެ. 

އެމްސީއެސް އިން ބުނީ އިސްލާމިކް މިނިސްޓްރީ އިން ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށާފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން މި ކުލާސްތައް މެދުކެނޑިފައި ވަނިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިކުލާސްތައް ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށެވެ. 

ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއްގެ މި ބެޗްގައި 50 ގައިދީން ބައިވެރިވެފައިވާ ކަމަށް އެމްސީއެސް އިން ބުނެ އެވެ. 

އެމްސީއެސް އިން ބުނީ ހަތަރު ފޭސް އެއްގެ މައްޗަށް އެކުލެވޭ މި ފްރޭމްވޯކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، އެމީހުން މުޖުތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއް ކުރަން ދަސްކޮށްދިނުމާއެކު، ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. 

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވޯކް ރާވާ ހިންގާއިރު، މި ފްރޭމްވޯކްގައި ހިންގާ އެމްކިއުއޭ އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދޭނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުން ކަމަށް އެމްސީއެސް އިން ބުނެ އެވެ. އެެހެން ނަމަވެސް ނިއު ނޯމަލްގައި ކުރިއަށްގެންދާނީ އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތައް އެކަނި ކަމަށްވެސް އެމްސީއެސް އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް