ads
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހެއް ވަޅުލުމުގެ ތެރެއިން--
ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެއްޖެ
ރާއްޖެއިން އިތުރު މީހަކު، ކޮވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ.

ސީއެންއެމްއަށް ޔަގީންވެފައިވާ ގޮތުގައި މިއަދު މަރުވި އެމީހާއަކީ އުމުރުން 70 އަހަރުގެ ދިވެހި އަންހެނެކެވެ. 

ކޮވިޑް-19 ޖެހިގެން އެމީހާ މަރުވެފައިވާ އެނގުނީ، އެމީހާގެ ހަށިގަނޑު އާސަހަރާއަށް ގެންދިޔަ ފަހުންނެވެ. 

އެކަމަކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ނިންމާފައި ވަނީ ހުޅުމާލޭގައި ކަމުން، އެމީހާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 

މިކަމާއި ގުޅިގެން އަދި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ބަހެއް ނުލިބެ އެވެ. 

މިއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 13 ވަނަ މީހާ އެވެ. މީގެ ކުރިން ވެސް ރާއްޖެއިން 70 އަހަރުން މަތީގެ ދިވެހިންތަކެއް އެ ބަލީގައި މަރުވެފައިވާއިރު ރާއްޖޭގައި މަސައްކަތް ކުރި ހަތަރު ބަންގްލަދޭޝް މީހަކު ވެސް އެ ބަލީގައި މަރުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް