ads
އަންދަލާ--
ޑާކް ރެއިން އިން ހެދީ ދޮގެއްކަން ފަޅާއަރުވާމިލީ އަންޔަ؟
ޒުވާން އެކްޓަރު، ޖުމައްޔިލް ނިމާލްއަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުތައް އެނގިގެންދިޔައީ ސޯޝަލް މީޑިއާގައި މިފަހުން އާންމުވުމުން ކަމަށް ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނުމާއެކު، ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ) ވަރުގަދަ ރައްދެއްދީފި އެވެ.

އަންޔަ ކުރި ޓްވީޓެއްގައި އެއީ ސީދާ ޑާކް ރެއިންއަށް ދިން ރައްދެއްކަން ފާހަގައެއް ނުކުރެ އެވެ. އޭނާ ބުނީ 2016 ވަނަ އަހަރު، ދިވެހި ޕްރޮޑަކްޝަން ކުންފުންޏެއްގެ ފިލްމަކަށް ލަވައެއް ކިޔަން ލިބުމުން ކަމަށާއި އެގޮތުން ރޭޕްގެ ތުހުމަތު ކުރެވޭ ތަރިއަކު ލަވައިގައި އުޅޭތީ އެކަމަށް އޭނާ ދެކޮޅު ހެދި ކަމަށެވެ. 

އެކަމަކު އަންޔަ ވަނީ، ރޭޕްކުރި މީހާއަކީ ކުށެއް ނެތް މީހެއްގެ ގޮތުގައި ވިސްނައިދިނުމަށް އެމީހުން ވަރަށް މަސައްކަތްކޮށްފައި ކަމަށް ވެސް ބުނެފަ އެވެ. 

ޑާކް ރެއިންގެ ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ، ޖުމައްޔިލްއާ ގުޅިގެން އެ ޕްރޮޑަކްޝަން ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ގުޅިގެން ކުރާ ބޮޑެތި ތުހުމަތުތައް އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި އެކަން އާންމުވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން އެތުހުމަތުތައް އޭނާގެ މައްޗަށް ކުރެވިގެން އައިއިރު އެ ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމު، އޭރު ވަނީ ހުރިހާ މަސައްކަތެއް ނިމި، މިއަހަރު ޖުލައިގައި އަޅުވަން ވެސް ކުރިން ތަވާލުކޮށްފައި ކަމަށް ބުންޏެވެ.  

އެތުހުމަތުތަކާއި ގުޅިގެން މިހާރު އޭނާއާއެކު ކުރުމަށް ހަމަޖެހިފައިވާ ހުރިހާ މަސައްކަތްތަކަކުން ވަކިކޮށްފައިވާ ކަމަށާއި އަދި ޑާކް ރެއިނުން އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕްގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއް ވެސް ގަބޫލު ނުކުރާނެކަން ވެސް އެ ބަޔާނުގައި ފާހަގަކުރެ އެވެެ. 

ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޓްވިޓާގައި ކިޔައިދީފަ އެވެ. އެގޮތުން އެކަން ހިނގީ 2016 ވަނަ އަހަރުގެ ޑިސެމްބަރު ގައި ކަމަށާއި ނަމަވެސް އިއްޔެވީ ކަމެއް ފަދައިން އެ ހިތި ހަނދާންތައް އަދިވެސް ހުރި ކަމަށް އެ ކުއްޖާ ބުނެ އެވެ.

ކަންހިނގި ގޮތް ޖުމައްޔިލް ބައްޕައަށް ވެސް ކިޔައިދިން ކަމަށް އެ ކުއްޖާ ބުނެފައި ވެއެވެ. އޭނާގެ ބައްޕަ އަކީ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ފިލްމީ ތަރިއެކެވެ.

މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަނީ ޖުމައްޔިލްގެ މައްޗަށް އެ ތުހުމަތުތައްކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް