ads
ފޮޓޯ: ރައީސް އޮފީސް
މުވައްޒަފުންގެ އަޑުއައްސަވާ ނިންމެވިީ ފުރިހަމަ ނިންމެވުމެއް
އެންޓަނާއަށް ނެގި ދިދަ އިސާހިތަކު ބާލައިފި އެވެ. މެދުއުޑުން ކޮންމެވެސް އެއްޗެއް އޮއްސިއްޖެއޭވެސް ބަޔަކު ކިޔައެވެ. އެހެން ނަމަވެސް ހަމަގައިމުވެސް އެއީ ތަރިއެކޭ ބުނެވޭކަށް ނެތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިސްތިއުފާ ދިނުމަށް އެންގެވި އެންގުން ވެގެން ދިޔައީ ގިނަ ބަޔަކު އެކަމަކަށް ތަރުހީބު ދިން ކަމަކަށެވެ. ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް މިސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސް ކަން ރައީސް ވަނީ އަމަލުން ދައްކަވާފަ އެެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވެނީ ކުޑަ ތުހުމަތު ތަކެއް ނޫނެވެ. އަދި ހާއްސަކޮށް މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ ތަނުގެ މުވައްޒަފުންނާއި މެދު އަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަށް އަމަލުކުރެއްވުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނޭ ކަމެއް ނޫންނެވެ. 

މިއީ މިފަދަ ގޮތަކަށް ވަޒީރަކާއި މެދު ކުރެވުނު ތުހުމަތަކާއި ގުޅިގެން ރައީސަކު މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރޭ ބުނުން ދޮގަކަށް ނުވާނެ އެވެ. 

މިފަހުން ފެނުނު ބައެއް ވެރިކަންތަކުގައި ވަޒީރު ބޭފުޅުން މަގާމުން ވަކިކުރެވިފައި ހުރި ކަމަށް ފެނިފައިވަނީ އަޅަންޖެހޭ ބައެއް ނާޅައިގެންނެވެ. ނޫނީ ކޮންމެވެސް ސިޔާސީ ކަމެއްގައި ހިޔާލު ތަފާތުވެ މަގާމުން ދުރުކުރާތަނެވެ. ބައެއް ފަހަރު ކުރެވޭ ތުހުމަތު ތަކާއި އެކު ވަޒީރުގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާ ނިކުންނަވާ ވަޒީރަކީ "ޚާލިދް ބިން ވަލީދް" ކަމަށް ވެސް ސިފަކޮށް ވާހަކަ ދައްކަވާފައި އެބަ ހުއްޓެވެ. 

އެހެން ނަމަވެސް ރައީސް ސޯލިހް މިކަމުގައި ވެސް ތަފާތު ދައްކަވައިފި އެވެ. އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރަކަށް މަގާމުން އިސްތިއުފާ ދިނުމަށް އެންގީ ކުރެވުނު ސީރިއަސް ތުހުމަތު ތަކަކާއި އެކު އެވެ. މުވައްޒަފުންގެ ވާހަކަތައް ސީދާ އަޑު އެއްސެވީ ރައީސްއެވެ. ފިޔަވަޅު އެޅުއްވުމަށް ވަގުތު ހޭދައެއް ނުކުރެއްވި އެވެ. ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތަކަށް ސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސްކަން އަމަލުން ދައްކައިފި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް