ads
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
މަސައްކަތްނުކުރާ މިނިސްޓަރުން ވަކިކުރުމުގެ މަސައްކަތް ކުރެވޭނެ!
ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްނުކުރާ މިނިސްޓަރުން ވަކިކުރެވޭނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްނުކުރާ މިނިސްޓަރުން ވަކިކުރެވޭނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ "އިކުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް އެންމެ އެދެވޭގޮތުގައި މަސައްކަތް ނުކުރެވޭކަމަށެވެ. އަދި ރައީސް ވަޒީރުންނަށް މަތިކޮށްފައި ހުންނަކަންކަން ވެސް އެފަރާތްތަކުން ކުރަމުން ނުދާކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ، ހައްގު މިންވަރު ނުލިބެނީ ކޯލިޝަނާއި ހެދި ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ދަމާލި ރޮނގެއް ކަމަށެވެ. އަދި މަސައްކަތް ނުކުރާ ވަޒީރުން ވަކިކުރެވޭނެ ކަމަށާއި، ކަންކަން ކުރަންޖެހޭނީ ކެތްތެރިކަމާއި އެކުކަމަށް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ މިނިސްޓަރުންނަށް ފާޑުވިދާޅުވަމުން ބޮންޑާ ވިދާޅުވީ، 3000 މީހުން ހަމަވާ ޕާޓީއެއްގެ ހަތަރު މިނިސްޓަރުން ސަރުކާރުގައި އެބަތިބި ކަމަށެވެ. އަދި އޭގެން ބައެއް ވަޒީރުންނަށް އެދެވޭގޮތެއްގައި މަސައްކަތް ނުކުރެވޭކަމަށެވެ.

އެގޮތުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދް ވިދާޅުވީ ހައުންސިން މިނިސްޓަރު އާތިފާއަށް އެ މަސައްކަތްތައް އެންމެ ރަނގަޅުގޮތުގައ ނުކުރެވޭކަމަށެވެ. އެގޮތުން ގުޅީފަޅުން ފްލެޓް ލިބުނު ފަރާތްތަކަށާއި، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކަށް ވެސް ހައްގު މިންވަރު ނުލިބޭކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވި އެވެ.

އަދި އެކަންކަމުގައި މިނިސްޓްރީ ތަކުން އަމަލު ކުރަމުން އަންނަގޮތާއި މެދު ރައީސް ނަޝީދު ހިތްހަމަނުޖެހޭ ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ބަންޑާރަނައިބުގެ މައްސޫލިޔަތަކީ ޤާނޫނުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުންކަމަށާއި، އެހެން ނަމަވެސް އެކަންކަން ނުކުރާކަމަށެވެ. އަދި ހަމައެކަނި ކުރެވޭ ކަމަކީ ބަަލު ދިނުންކަމަށާއި ބަދަލުދޭއިރުވެސް ދެނީ މުއްސަދިންނަށް ކަމަށެވެ.

ރައްޔިތުންނަށް ހައްގު މިންވަރު ނުލިބޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ހައްގު މިންވަރު ނުލިބެނީ ވަޒީރުންނަށް މަސައްކަތްނުކުރެވޭތީ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް