ads
ރައްޔިތުންގެ މަޖިލިސް--
މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތް ހަދަން މަޖިލީހުން އަންގައިފި
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން އެކި ގޮތްގޮތަށް ބައެއް ނޫސްތަކުގައި ހަބަރުތައް ފެތުރުމާއި ގުޅިގެން މީޑިއާތަކަށް ފިޔަވަޅު އެޅޭ ގޮތް ހެދުމަށް މަޖިލީހުން މީޑިއާ ކައުންސިލަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު، ފާތިމަތި ނިއުޝާ ސޮއި ކުރައްވާ، މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲއަށް ފޮނުއްވި ސިޓީގައި ވަނީ ސަފާރީ ރޭޕް ކޭސްއާ ގުޅިގެން، އަނިޔާ ލިބުނު ކަމަށް ބުނާ މީހާ، ހިއްސާކުރި ކަމަށް ބުނާ މައުލޫމާތު އެކި ގޮތްގޮތަށް އެކި މީޑިއާތަކުން ފަތުރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނަފުރަތު އުފެދިފައިވާ ކަމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފާހަގަކުރެވޭ ކަމަށެވެ. 

އެގޮތުން އެކަމާއި ގުޅިގެން ހަގީގަތާއި ހިލާފު ވާހަކައެއް އެއްވެސް މީޑިއާއަކުން ފަތުރާފައިވާނަމަ، އެކަމެއް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިފައިވެ އެވެ.

އޭގެ އިތުރުން އެސިޓީގައި ބުނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ކައުންސިލާއެކު އެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވަކި ގާނޫނެއްގެ ދަށުން ގަވައިދު ހެދުމުގެ ބާރު ވަކި ފަރާތަކަށްދީފިނަމަ، އެހެންގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވާއިދާ ހިލާފުވެއްޖެނަމަ، 2000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ގަވައިދުގައި ހިމެނިދާނެ ކަމަށް ބަޔާންކުރާ ކަމަށެވެ. 

އެގޮތުން މީޑިއާތަކުގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު އެ ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު އެކުލަވާލައްވައި، އެ ގަވާއިދު 8 ޖުލައި 2020 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން އެ އިދާރާއަށް ފޮނުވުމަށް ސިޓީގައި އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް