ads
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
މާލެއިން އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ހޯދަމުން ދަނީ އުމުރުން 32 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:48 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. 

އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ މާލޭގެ ސްކޫލެއްގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެކެވެ. 

ފުލުހުން ބުނީ، އޭނާ ހޯދުމުގެ މަސަައްކަތް ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި އަދި އެހެނިހެން ގޮތްގޮތުން ކުރަމުން އަންނަ ކަމަށެވެ. އެގޮތަށް ކުރި މަސައްކަތުން މާލެ އާއި ހުޅުމާލޭގައި އަންހެން މީހާ އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް