ads
ސިޓީގެ ވެރިޔާ ޝެއިޚް މަންޞޫރު އަދި ކޯޗު ޕެޕް ގާޑިއޯލާ
ޔުއެފާއާ ދެކޮޅަށް ސިޓީން ހުށަހެޅި މައްސަލައަށް ހޯމަ ދުވަހު ގޮތެއް ނިންމަނީ
މެންޗެސްޓާ ސިޓީން، ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އަދި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ދެ އަހަރު ދުވަހަށް ޔުއެފާގެ މުބާރާތްތަކުން ސަސްޕެންޑްކޮށްފައިވާ މައްސަލައިގައި ޔުއެފާއާއި ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްގައި ކޮށްފައިވާ ދައުވާގެ ހުކުމް، އަންނަ ހޯމަ ދުވަހު ކުރާނެ އެވެ.

މެންޗެސްޓާ ސިޓީގެ ސަސްޕެންޝަނާއި ގުޅިގެން އެ ކްލަބުން ޔުއެފާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި މައްސަލައިގެ އަޑު އެހުންތައް ޖޫން މަހުގެ ތެރޭގައިވަނީ ނިންމާފައެވެ. މައްސަލަ ކުރިއަށް ގެންދިޔައީ ތިން އަޑު އެހުމަކަށް ބަހާލައިގެންނެވެ.

ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ދެ އަހަރު ދުވަހަށް ޔުއެފާގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޔުއެފާގެ މިނިވަން ތަހުގީގަކަށް ފަހު، މެންޗެސްޓާ ސިޓީ ދެ އަހަރަށް ސަސްޕެންޑްކުރުމުގެ އިތުރުން ތިރީސް މިލިއަން ޔޫރޯއިންވަނީ ޖޫރިމަނާކޮށްފަ އެވެ. ސަސްޕެންޝަންގެ އަދަބު ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެފައިވަނީ ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ ފައިސާތަކުގެ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައިގެންނެވެ. މެންޗެސްޓާ ސިޓީއަށް ވަނީ ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާއި ހިލާފުވެގެން ޔުއެފާގެ އަދަބު މީގެ ކުރިންވެސް ލިބިފަ އެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނިމި ހުކުމާއި ހަމައަށް ގޮސްފައިވާއިރު، ޔުއެފާގެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއިން ދަމަހައްޓައިފިނަމަ މެންޗެސްޓާ ސިޓީއަކަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެ އެވެ.

ސްވިޓްޒަލަންޑްގެ ލޯސޯންގައި ގާއިމްކޮށްފައިވާ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއަކީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ހުށަހަޅާ ބައިނަލްއަގްވާމީ ކޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް