ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ސަމާލުވެ ރައްކާތެރިވޭ! ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުން!
ކޮވިޑް19 އާއި ދެކޮޅަށް ދިވެހި ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އަންނަނީ މުހިންމު އަދި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ވެކްސިނެއް ބޭހެއް އަދި ފަރުވާއެއް ފެނިފައިނުވާ މިބަލިން ރައްކާތެރިވެ އަދި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ކަމާގުޅޭ އިދާރާތަކުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތަށް ފަރުދީ ޒިންމާ އަދާކުރެއްވު މެވެ.

ފުލް ލޮކްޑައުންގައި ދެ މަސްދުވަސް ހޭދަކުރުމަށް ފަހު ލޮކްޑައުނަށް ލުއި ދީފައިވަނީ ނިމުނު މަހުގެ 15 ވަނަ ދުވަހު އެވެ. ލޮކްޑައުނަށް ބޮޑު ލުޔެއް ދިންތާ މަސްދުވަސް ވާން ކައިރިވެފައިވާއިރު، ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތާއި މެދު ވިސްނާލުން މުހިންމެވެ. 

ރާއްޖޭގައި މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވްކޮށް ތިބީ ޖުމުލަ 361 ފަރާތެކެވެ. މި 361 ފަރާތަކީ ޖޫން މަހުގެ 24 ގެ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކެވެ. ލޮކްޑައުނަށް ލުއި ދިންފަހުން ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކެވެ.

މިދިޔަ ދެ ދުވަހުގެ ކޮވިޑް19 ގެ ނަތީޖާ ތަކަށް ބަލާލަމާތޯއެވެ. 

  • މިމަހުގެ ނުވަ ވަނަ ދުވަހު ޖުމުލަ 36 ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 33 ފަރާތަކީ ދިވެހިންނެވެ. 
  • މިމަހުގެ ދިހަ ވަނަ ދުވަހު ޖުމުލަ 64 ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭގެ ތެރެއިން 44 ފަރާތަކީ ދިވެހިންނެވެ.

ފާއިތުވި ދެ ދުވަހުގެ އަދަދު ތަކަށް ބަލާލުމުންވެސް ދިވެހިން މި ބައްޔަށް ޕޮޒިޓިވް ވަމުން އަންނަލެއް އިތުރުވާކަން އެބަ އެނގެއެވެ. އަދި އޭގެ އިތުރުން ބަލި ޖެހޭ މީހުންގެ އަދަދު ހުއްޓުމެއްނެތި އިތުރުވަމުން އަންނަކަން ވެސް ފާހަގަ ކުރެވެއެވެ. 

ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން އިތުރުވަމުން އަންނަ ވާހަކައެވެ. 

"އެބަ ފެނޭ އެކެއްގެ 33 ކޮންޓެކްސްޓްސް ހުއްޓާ. އަނެއް މީހެއްގެ 23. އަދި އަނެއް މީހެއްގެ އެބަހުރި 74 ކޮންޓެކްސްޓްސް."

ޑރ. އަފްޒަލްގެ މިވާހަކައިންވެސް މި ހާމަވަނީ އެންމެ މީހެއްގެ އަމަލުތައް ހުރިގޮތުން އިތުރު އެތައް ބަޔަކު ބައްޔަށް ހުށަހެޅި މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅިފައިވާކަމެވެ. 

އިންޑިޕެންޑެންޓް ކޭސްތައް އިތުރު، ޑޮކްޓަރުންގެ ކަންބޮޑުވުން އިންތިހާ!

ބްރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން އެއްކޮށް ބަލާލުމުން ހާމަވީ އެންމެ ކަމެކެވެ. އެއީ އެއްވެސް ޕޮޒިޓިވް މީހަކާ ގުޅުމެއް ނެތި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާ ކަމެވެ. 

"އިންޑެޕެންޑެންޓް ކޭސްތައް ގިނަ ވުމަކީ އަބަދު ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އޯވަރޯލް ނަމްބަރު ދަށްކޮށް ހުންނާތީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ކަމުގައި ވީ ނަމަވެސް މަދު ކޭސްތަކުގެ ތެރޭގައި ވެސް އިންޑެޕެންޑެންޓް ކޭސް ގިނަ ވުމަކީ އެކަމާ އަބަދު ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް." ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި އިންޑިޕެންޑެންޓް ކޭސްތައް އިތުރުވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޑރ. އަފްޒަލް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ހަމަ އެ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގް ވެސް ވަނީ އިންޑިޕެންޑެންޓް ކޭސްތައް ފެންނަމުން އަންނަވަރު އިތުރުވަމުން އަންނާތީ އެކަމުގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައުންއަށް ލުއިތައް ދިނުމުން އަނެއްކާ ވެސް، އެކަކު އަނެކަކާ ދިމާވާ މީހުން ވަރަށް ބޮޑަށް ގިނަވާން ފަށާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ދިވެހިންގެ ތެރޭގައި އެކަން ފާހަގަވެފައިވާކަމަށް ވިދާޅުވި އެވެ. ނަތިޖާ އަކީ އިންޑިޕެންޑެންޓް ކޭސްތައް ފެންނަ މިންވަރު އިތުރު ވުމެވެ. 

ކޮވިޑް19 ގެ ހާލަތު ރާއްޖޭގައި މިފަދަ ގޮތަކަށް ހުރިއިރު މިކަމާއި މެދު ވިސްނާ، ލޮކްޑައުނަށް ބޮޑެތި ލުއި ތަކެއް ދީފައި ވީނަމަވެސް، އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް މި ބަލިން އަރައިގަތުމަށް ތިމާގެ ދިރިއުޅުން އާ-އާންމު ހާލަތަކަށް އަމިއްލައަށް ބަދަލުކުރުމަށް ނުވޭތޯ އެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް