ads
އިންޑިއާ ސަރުކާރަށް 50,000 ކްރޯޑް ރުޕީސްގެ ގެއްލުމެއް ލިބިދާނެކަމަށް ލަފާކޮށްފި
އިންޑިއާ ސަރުކާރަށް 50,000 ކްރޯޑް ރުޕީސްގެ ގެއްލުމެއް ލިބިދާނެކަމަށް އޯލް އިންޑިއާ ސޯލާ އިންޑަސްޓްރީސް އެސޯސިއޭޝަން (އޭއައިއެސްއައިއޭ) އިން ބުނެފި އެވެ.

އޭއައިއެސްއައިއޭ އިން ބުނެފައި ވަނީ އިންޑިއާ އަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 50،000 ކުރޯޑް ރުޕީސްގެ ގެއްލުމެއް އިންޑިއާއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އެ ގައުމުގެ ސޯލާ ޑިވެލޮޕަރުން އެތެރެކުރާ މުދަލުގެ ތެރެއިން ޗައިނާ އިން އެތެރެކުރާ މުދަލުގެ ކަސްޓަމްސް ޑިއުޓީ އަށް ލުއި ލިބުމުން ކަމަށެވެ.

އިންޑިއާގެ އެނާޖީ މިނިސްޓަރު އާރް ކޭ ސިންގް ވަނީ އިންޑިއާ އާއި ޗައިނާ އާއި ދެމެދު ކުރާ ޕަވާ ޕާޗޭސް އެގްރިމެންޓްތަކުގައި އެގައުމުގެ ސޯލާ ޕްރޮޖެކްޓުތަކަށް ޗައިނާ އިން އިމްޕޯޓް ކުރާ މުދަލަށް ނަގާ އިމްޕޯޓް ޑިއުޓީ ކަނޑައެޅުމުގެ ކުރިން ސޮއިކުރެވިއްޖެނަމަ އެ މުދަލަށް އިމްޕޯޓް ޑިއުޓީ ނުނަގާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާ ސަރުކާރުން ވަނީ މިމަހުގެ 31 ވަނަ ދުވަހު ސޭފްގާޑް ޑިއުޓީ ޝެޑިއުލް ނިމުމަކަށް އައުމުން ސޯލާ މޮޑިއުލްސް ތަކުގެ ބޭސިކް އިމްޕޯޓް ޑިއުޓީއެއްގެ ގޮތުގައި 20 އިންސައްތަ އާއި 25 އިންސައްތަ އާ ދެމެދުގެ ޑިއުޓީއެއް ހުށައަަޅާފަ އެވެ. 

އޭއައިއެސްއައިއޭ އިން ވަނީ އިންޑިއާގެ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި އެހެން ނަމަވެސް އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ޕޮލިސީތައް ސާފު ނުވުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ. 

އިންޑިއާއިން 85-90 އިންސައްތަ ތަކެތި އިމްޕޯޓް ކުރަނީ ޗައިނާ އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް