ads
ހިންމަފުއްޓަށް އުދައެރި ދުވަހެއްގައި-- ފޮޓޯ: ޓީސީ ކޮއްކޮ/ޓްވީޓާ
އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް
އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން 17:30 ގެ ނިޔަލަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ ބައެއް ރަށްތަކަށް އާދަޔާއި ހިލާފަށް އުދައަރަމުން އަންނައިރު ބައެއް މީހުންގެ މުދަލަށް ވެސް ގެއްލުންވެފައިވެ އެވެ. 

މެޓު އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވަނީ ބުނެފަ އެވެ. 

އަދި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓު އޮފީހުން ބުނެ އެވެ. 

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކުރާއިރު ރާޅުގެ އުސްމިން 3-6 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. 

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް